ޓެލެތޯނުގެ ތެރެއިން / ފޮޓޯ:ޕީއެސްއެމް
ފަލަސްތީނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ 'ފަލަސްތީނާ އެކު ދިވެހިން' ޓެލެތޯންއިން ލިބުނު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ހާލުގައި ޖެހިފައިވާ ފަލަސްތީނު މީހުންނަށް އެހީވާ އދ.ގެ ޖަމާއަތް ކަމަށްވާ އަންރާއަށް މިދިޔަ އޮގަސްޓު މަހުގެ 19 ގައި، ފޮނުވި ސްލިޕް އާއްމުކޮށްފިއެވެ.
ރައީސް މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް މި ޓެލެތޯން ޕީއެސްއެމުން ކުރިއަށް ގެންދިޔައީ މިދިޔަ 12 ޖޫންގަ އެވެ. އެއް ދުވަހަށް ކުރިއަށް ގެންދިޔަ މި ޓެލެތޯނަށް ކުންފުނިތަކާއި ސަރުކާރުގެ އެކި އިދާރާތަކުން ބޮޑެތި އަދަދުތަކުން ފައިސާގެ އެހީ ދިންއިރު، އާއްމުންގެ ގިނަ ބަޔަކު ވެސް ފައިސާ ހަދިޔާ ކުރި އެވެ.
މި ފައިސާ އަންރާއަށް ފޮނުވާފައިވާކަން، ސަރުކާރުގެ އޮފިޝަލުން ހިއްސާކުރި ބޭންކު ޑޮކިއުމެންޓުތަކުން އެނގެ އެވެ. އެގޮތުން ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭ މެދުވެރިކޮށް ފިނޭންސް މިނިސްޓްރީން އެ ފައިސާ އަންރާއަށް ފޮނުވަން ބޭނުންކުރި ޓީޓީގެ ކޮޕީއެއް ވަނީ އާއްމުކޮށްފައެވެ. މި މުއާމަލާތުން އެނގޭ ގޮތުގައި އަންރާއަށް ފޮނުވާފައި ވަނީ 19.3 މިލިއަން ރުފިޔާ ކަމަށާއި، އެ ފައިސާ ފޮނުވީ ޑޮލަރުންކަން އެނގެއެވެ.
ޕީއެސްއެމް އިން މި ފައިސާ ސަރުކާރާ ހަވާލުކޮށްފައިވަނީ މިދިޔަ ޖުލައިގަ އެވެ. ދެފުށް ފެންނަ ގޮތަށް މި ހަރަކާތް ކުރިއަށް ގެންދިއުމަށް، ޓެލެތޯން އޮޑިޓްކޮށްފައިވަނީ ކްރޯ މޯލްޑިވްސްއިންނެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް