ރީކޯ މޫސަގެ ކުންފުނިން ތަރައްގީކޮށްފައިވާ ރަށެއް
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ)ގެ ހެވީ ލޯޑު މޯލްޑިވްސް ކުންފުނިން ލ. އަތޮޅުގައި ރިސޯޓު ތަރައްގީކޮށްފައިވާ ތިން ރަށް ވިއްކާލަން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު އިއުލާނުކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ އެ ތިން ރަށް ވިއްކާލަނީ އެ ރަށްތައް މޯގޭޖުކޮށްގެން ނަގާފައިވާ ލޯނަށް ފައިސާ ނުދައްކައި ލޯނު ޑީފޯލްޓުވެފައިވާތީ ކަމަށެވެ.
ނީލަމުގައި ވިއްކާލަނީ ލ. އަތޮޅުގެ ތިން ރަށް ކަމަށްވާ ފަރެސް، ކުޑަފަރެސް އަދި ބޮޑުހުރާއެވެ. މި ތިން ރަށަކީ 'ރަހާ ރިސޯޓު' ހިންގާ ރަށްތަކެވެ. ބީއެމްއެލް އިން ބުނީ އެ ރަށްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ތިން ގޮތަކަށް ބިޑު ކުރެވޭނެ ކަމަށެވެ. އެއީ ފަރެސް އަދި ކުޑަ ފަރެސްއަށް ވަކިން، ބޮޑުހުރާއަށް ވަކިން، އަދި ތިން ރަށް އެކުގައެވެ.
ކޮންމެ ބިޑެއް ވެސް ފެށޭ އެންމެ ކުޑަ އަގަކީ 23.2 މިލިއަން ޑޮލަރެވެ. ބޭންކުން ބުނީ މި ރަށްތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 12ގެ ކުރިން ބަންދުކުރެވިފައިވާ ސިޓީ އުރައިގައި ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ އެ ދުވަހުގެ 12 ޖަހާއިރު އޯކިޑްމާގެ ބިލްޑިންގެ 11 ވަނަ ފަންގިފިލާގައެވެ.
ހެވީ ލޯޑުގެ ލޯނު ނުދައްކައިގެން އެ ކުންފުނީގެ ރިސޯޓު ވިއްކާލަން އިއުލާނުކޮށްފައި ވާއިރު، މީރާ އިން މި ފަހުން އާންމު ކުރި ޓެކްސް ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި ވެސް އެ ރިސޯޓު އެބައޮތެވެ.
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!
ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ
ކޮމެންޓް