އައިޖީއެމްއެޗުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އައިޖީއެމްއެޗްގައި ފާޓިލިޓީ ސެންޓަރެއް ގާއިމްކޮށް، މިއަހަރުގެ ތެރޭގައި އައިވީއެފްގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މާލެ ހޮސްޕިޓަލްސް ގްރޫޕުން ބޭއްވި ނިއުސް ކޮންފަރެންސްގައި، ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ފާޓިލިޓީ ސެންޓަރު ތަރައްގީކޮށް، ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެ ކަމަށެވެ.
މި ސެންޓަރަކީ އައިވީއެފް ހެދޭނެ ގޮތަށް ބޭނުންވާ ހުރިހާ އިކުއިޕްމަންޓާއި ވަސީލަތްތަކާއެކު ގާއިމްކުރެވޭ ފާޓިލިޓީ ސެންޓަރެއް ކަމަށް ހަލީމް ވިދާޅުވިއެވެ. އަދި ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ވަކި ޚާއްސަ ސެންޓަރެއް ހަދާއިރު، އިންޑިއާގެ އެންޔޫ ހޮސްޕިޓަލާ ގުޅިގެން މިހާރު ވެސް "ނެޝަނަލް ޔޫރޯ ރީނަލް އެންޑް ފާޓިލިޓީ ސެންޓަރު"ގައި ފަރުވާ ދެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދަރުމަވަންތައިގެ ޑެޕިއުޓީ ސީއީއޯ ޑރ. ޝާހު މާހިރު ވިދާޅުވީ އެދެވޭ ގޮތެއްގައި މިހާތަނަށް ފާޓިލިޓީ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ނުކުރެވޭ ކަމަށާއި، އެހެން ބަޔަކާ ނުގުޅި އައިޖީއެމްއެޗްގެ އަމިއްލަ މަރުކަޒެއް ހަދަނީ އެ ސަބަބާ ހެދި ކަމަށެވެ. އޭގެ ސަބަބުން ދަރިމައިވުމުގެ ފަރުވާއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޑރ. ޝާހު އިތުރަށް ވިދާޅުވީ، އައިވީއެފް ހެދުމަށް އެހީދޭނެ ގޮތް ކަނޑައެޅުމަށް އެންސްޕާއިން ހަދާފައިވާ ގައިޑްލައިނަށް ފެތޭ މީހުންނަށް އެ އެހީގެ ދަށުން ފަރުވާ ކުރިއަށް ގެންދެވޭނެ ކަމަށެވެ. މިއީ ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ލިބޭނެ ބޮޑު ލުޔެއް ކަމަށް ބެލެވެއެވެ.
ރާއްޖޭގައި މި ވަގުތު އައިވީއެފް ހަދައިދެނީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެކަންޏެވެ. އެތަނުގައި މިދިޔަ މެއި މަހުގެ ތެރޭގައި އައިވީއެފް ފަށައި ފުރަތަމަ ދަރިފުޅު ވިހާފައިވާ ކަން އިއުލާންކޮށް، ޚިދުމަތް ވަރަށް ކާމިޔާބު ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އައިޖީއެމްއެޗްގައި މި ޚިދުމަތް ފެށުމުން، ގިނަ ބަޔަކަށް މި ފަރުވާ ލިބުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް