ބަޖެޓް ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން / ފޮޓޯ:މަޖިލިސް
މި އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓަށް އިތުރުކުރަން ފިނޭންސް މިނިސްޓްރީން ހުށަހެޅި 5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓާ މެދު މަޝްވަރާ ކުރުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އަދި އޮޑިޓަރ ޖެނެރަލް އަލީ ނިޔާޒީ މާދަމާ ބަޖެޓު ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.
މިއަދު ބޭއްވުނު ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ މާދަމާ މެންދުރު ފަހު 2 ޖަހާއިރު ބަޖެޓު ކޮމެޓީގެ ބައްދަލުވުމެއް ބާއްވައި ބަޖެޓާ މެދު ފިނޭންސް މިނިސްޓަރާއި ގަވަރުނަރު އަދި އޮޑިޓަރ ޖެނ ޖެނެރަލްގެ ލަފާ ހޯދުމަށެވެ. މި ހުށަހެޅުން ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. އަދި ތާއީދު ކުރެއްވީ ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން އެވެ.
މީގެ އިތުރުން، މާދަމާގެ ނިޔަލަށް ކޮމެޓީ ރިޕޯޓު ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ވެސް ޝުޖާއު ވަނީ ހުށަހަޅުއްވާފައެވެ.
މިއަދުގެ ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން ވަނީ ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 5 ބިލިއަން ރުފިޔާ ހިމަނަން މަޖިލީހަށް ފޮނުވި ނަމަވެސް އެ ފައިސާ ހޭދަކުރަން ނިންމާފައިވާ ގޮތްތައް ސާފުކޮށް ބަޔާންކޮށްފައި ނެތް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ އަވަސް އަރުވާލައިގެން ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރަން އުޅޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅިއިރު، މި އަހަރަށް ފާސްކުރި ބަޖެޓު ހޭދަކުރި ގޮތުގެ އެއްވެސް ލިޔެކިޔުމެއް މާލިއްޔަތު ކޮމެޓީއަށް ވެސް ނޭނގޭ ކަމަށާއި އެފަދަ މައުލޫމާތެއް އާންމުކޮށްފައި ވެސް ނެތް ކަމަށެވެ.
ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓު އައިސްފައިވަނީ ވަރަށް "ބްލޭންކެންޓުކޮށް" ކަމަށެވެ.
މިއަދު ވަނީ ސަޕްލިމެންޓްރީ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އަދި ނައިބަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އައްޔަންކޮށްފައެވެ.
މި އަހަރަށް ލަފާކޮށް ފާސްކުރި 49.8 ބިލިއަން ރުފިޔާގެ ބަޖެޓު ހޭދަކުރި ގޮތުގެ ތަފްސީލު ހޯދަން ބައެއް މެންބަރުން އެދިވަޑައިގެންނެވި ނަމަވެސް މިނިސްޓަރު މާދަމާ ކޮމެޓީއަށް ވަޑައިގަންނަވާއިރު އެ މައުލޫމާތު ހިއްސާ ކުރުމަށް ހުށަހެޅި ހުށަހެޅުން ފާހެއް ނުވިއެވެ.
ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ކޮމެންޓް