އިސްރާއިން ގެންދަނި ކުށެއްނެތް ތުއްތު ކުދިންނާއި މައިން ޝަހީދުކުރަމުން
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގެ އުތުރުގައި ހަމަލާތައް ވަރުގަދަކޮށްފައިވާ ކަމަށާއި، މިހާރު ގެންދަނީ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ވަށައިގެން ތިބެ ހަމަލާތައް ދެމުން ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.
ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވެފައިވަނީ ޣައްޒާގެ އުތުރުގެ ހާލަތު ވަރަށް ނުރައްކާތެރި ކަމަށެވެ.
ޣައްޒާގެ އުތުރުގައި އެންމެ ފަހުން ހިންގަމުން ދިޔަ ހޮސްޕިޓަލް ކަމާލް އަދްވާންއަށް އިޒްރޭލު ސިފައިން ވަދެ އެތައް ބަޔަކު ހައްޔަރުކުރި އޮޕަރޭޝަނާ މެދު ޓެޑްރޯސް ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ ހޮސްޕިޓަލުގައި ތިބި މުވައްޒަފުންނާ ވަގުތީ ގޮތުން ގުޅުން ކެނޑިފައިވާކަން ޣައްޒާގެ ހެލްތު މިނިސްޓްރީން ޑަބްލިޔުއެޗްއޯއަށް އަންގާފައިވާ ކަމަށެވެ.
އިޒްރޭލުން މި މަހުގެ ކުރީކޮޅު ބޮޑު އޮޕަރޭޝަނެއް ފެށި ޖަބަލިއާ ކޭމްޕްގެ ފެސިލިޓީއަށް ދިން ހަމަލާގައި ދެ ކުއްޖަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ތުހުމަތުކޮށްފައިވެއެވެ. މި އޮޕަރޭޝަންގައި އެތައް ސަތޭކަ މުވައްޒަފުންނާއި ބަލިމީހުންނާއި ގެދޮރު ގެއްލިފައިވާ މީހުން ހިފަހައްޓާފައިވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފައިވެއެވެ.
އިޒްރޭލުން ޣައްޒާގައި ދެމުން ގެންދާ ހަމަލާތަކަށް އަހަރެއް ވެފައިވާއިރު، މިހާތަނަށް ފަލަސްތީނުގެ 42،924 މީހަކު ވަނީ ޝަހީދުވެފައެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ކަމާލް އަދްވާންގެ ވަށައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، ނަމަވެސް "ހޮސްޕިޓަލުގެ ސަރަޙައްދުގައި ހަމަލާތައް ދިންކަން ނޭނގޭ" ކަމަށެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް