އިނގިރޭސި ރަސްގެފާނު ރާއްޖެ ވަޑައިގަތުމަށް ދަޢުވަތު އަރުވައިފި

ނައިބު ރައީސް ރަސްގެފާނާއި ބައްދަލުކުރެއްވުމުގެ ތެރެއިން

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް (ތިނެއް) ރާއްޖެ ވަޑައިގަތުމަށް ދަޢުވަތު އަރުވައިފިއެވެ.

މި ދައުވަތު އަރުވާފައި ވަނީ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުމުގައި، ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވާ ރާއްޖޭގެ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް އާއި ބައްދަލުކޮށްލެއްވުމުގެ ތެރޭގައެވެ.

ނައިބު ރައީސް އެކކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރަސްގެފާނާ ބައްދަލުވުމަކީ ލިބުނު ޝަރަފެއް ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ވެސް ރާއްޖެއަށް ވަޑައިގަތުމަށް ރަސްގެފާނަށް ދަޢުވަތު އަރުވައިފައިވާ ކަމަށް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ރަސްކަންކުރެއްވި ބޭފުޅަކު އެންމެ ފުރަތަމަ އަދި މިހާތަނަށް ކުރެއްވި ހަމައެކަނި ދަތުރުފުޅު ރާއްޖެއަށް ކުރެއްވީ ޗާލްސްގެ މަންމާފުޅު ރާނީ އެލިޒަބަތު ދެވަނައެވެ. އެއީ 1972 ވަނަ އަހަރު، މީގެ 52 އަހަރު ކުރިންނެވެ.

މިހާރު ސަމޯއާގައި ކުރިއަށްދާ މި ބައްދަލުވުމުގައި ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. ކޮމަންވެލްތުގެ އެންމެ އިސްވެރިޔާއަކީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސެވެ. މި ބައްދަލުވުން ބާއްވަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރު، މެންބަރު ގައުމުތަކުގެ ތެރެއިން އެކި ފަހަރު އެކި ގައުމުގައެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

39 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy