ޓެކްސް އެޕީލް ޓްރައިބިއުނަލަށް 4 ބޭފުޅަކަށް ރުހުން ދީފި

--

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން 4 ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކުގެ ތެރެއިން 4 ބޭފުޅަކަށް ރުހުން ދީފަައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 68 މެންބަރުންގެ ވޯޓުންނެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލި 13 ބޭފުޅުންގެ ތެރެއިން މަޖިލީހުން ރުހުން ދީފައިވަނީ، އަބްދުލް ޣަނީ މުޙައްމަދު / ހ. ހޯސްސައިޑް، އިބްރާހިމް ޝަރީފް / ގ. އަލްޝާ، ހަސަން ޒުހައިރު މުޙައްމަދު / ގ. މާވަރުލު އަދި ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ/ ގއ. ނިލަންދޫ އެވެ.

ޓެކްސް އެޕީލް ޓްރިބިއުނަލްގެ ހަތަރު މެންބަރުންގެ މަގާމަށް ބޭފުޅުން އައްޔަނުކުރަން ޖެހެނީ އެ ޓްރައިބިއުނަލްގެ ފަސް މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރު އިސްމާއިލް ސާޖިދު ފިޔަވައި ދެން ތިއްބެވި ހަތަރު މެންބަރުން ވަކިކުރުމަށް ލަފާދޭން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމާ މަޖިލީހުން އެގޮތަށް ފާސްކުރުމުންނެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުން ވަކިކުރީ ޓްރިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީ، ޓްރިބިއުނަލްގެ ނައިބު ރައީސް ހުސެއިން ޒައިދާން ޖަލީލު، މެންބަރު އަހްމަދު އަޝްރަފް އަދި މެންބަރު ހަދީޖާ ނައީމް އެވެ. މީގެއިތުރުން ޓްރައިބިއުނަލްގެ ބައެއް މެންބަރުންގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކުރާކަމަށާއި، ނުޙައްޤު މުއްސަނދިކަމާއި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައިވާތީ، އެ ކަންކަން ހިނގާފައިވާގޮތް ތަހުގީގު ކުރުމަށް އޭސީސީގައި ދެންނެވުމަށްވެސް ކޮމިޓީ ރިޕޯޓުގައި ހިމަނައި ފާސްކޮށްފައިވެ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

50 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy