ހިޒުބުﷲ އިން އިސްރާޢީލަށް ގިނަ ހަމަލާތަކެއް ދޭންފަށައިފި
ތެލް އަވީވް ހިމެނޭ ގޮތުން އިޒްރޭލުގެ އުތުރު ސަރަހައްދުތަކަށް އަމާޒުކޮށް ލުބުނާނުގެ ހަތިޔާރުއެޅި ޖަމާޢަތް ހިޒްބުﷲ އިން ރޮކެޓް ހަމަލާތަކެއް ދީފިއެވެ.
މި ހަމަލާތައް އަމާޒުކޮށްފައިވަނީ ހައިފާ ސިޓީ ކައިރީގައިވާ ކަނޑުގެ ބޭސްއަކަށާއި ތެލް އަވީވްގެ ބައެއް އަވަށްތަކަށެވެ.
ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހައިފާގެ އުތުރު ހުޅަނގުގައިވާ ސްޓެލާ މާރިސް ކަނޑުގެ ބޭސްއަކަށް "ރޮކެޓް ފުންޏެއް" އޮއްސާލާފައިވެއެވެ. އަދި އޭގެ ފަހުން އަންގާރަ ދުވަހު ތެލް އަވީވްގެ ރަށްފުށު ސަރަހައްދުގެ ދެ ތަނަކަށްވެސް ހަމަލާދީފައިވާ ކަމަށް އެ ޖަމާޢަތުން ބުނެފައިވެއެވެ.
އިޒްރޭލުގެ ފަރާތުން މި ހަމަލާއާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރޮކެޓްތައް ވެއްޓުނީ ހުސް ބިންތަކަށް ކަމަށެވެ. ނަމަވެސް ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ތިން ސަރަހައްދެއްގައި ސައިރަން އަޑު އިވިފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިއީ ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ހަމަލާތައް ބަދަލުކުރަން ފެށި ފަހުން، އިޒްރޭލުގެ ޕޯޓް ސިޓީއަށް އަމާޒުކޮށް ހިޒްބުﷲ އިން ދިން ފުރަތަމަ ހަމަލާއެވެ. މި ހަމަލާތައް އައިސްފައިވަނީ އިޒްރޭލުން ދެކުނު ލުބުނާނުގައި ހަމަލާތައް ފުޅާކޮށް، ބެއިރޫތުގެ ދެކުނު ސަރަޙައްދުތަކަށް ބާރުގަދަ ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ.
ދެ ފަރާތުގެ މެދުގައި ހަމަލާތައް އިތުރުވަމުންދާއިރު، ސަރަޙައްދުގެ ހަމަޖެހުމަށް ނޭދެވޭ އަސަރުކޮށްފާނެކަމުގެ ބިރު ބައިނަލްއަޤްވާމީ މުޖުތަމަޢުން ފާޅު ކުރަމުންދެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް