ފަތުރުވެރިކަމުގެ މަހާސިންތާގެ ތެރެއިން / ފޮޓޯ:އެމްއެމްޕީއާރުސީ
ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤުބަލާމެދު މަޝްވަރާކުރުމަށް ބޭއްވޭ ޤައުމީ މަހާސިންތާ މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ފަށައިފިއެވެ.
މި މަހާސިންތާ އިންތިޒާމުކޮށްފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެންނެވެ.
މި މަހާސިންތާގައި 150 އަށްވުރެ ގިނަ ބައިވެރިން ހިމެނޭއިރު، އޭގެ ތެރޭގައި ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ލިވަބޯޑު އަދި ލޯކަލް ޓުއަރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޓްރެވަލް އެޖެންޓުންގެ އިތުރުން ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާތަކާއި ޓްރެވަލް މީޑިއާތައް ހިމެނެއެވެ. މީގެ އިތުރުން، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ޝިއުރީ އިބްރާހިމާއި އެމްއެމްޕީއާރްސީގެ ޗެއަރޕާސަން އަބްދުﷲ ގިޔާސް ވެސް މި މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވައެވެ.
އެމްއެމްޕީއާރްސީން މަޢުލޫމާތު ދެއްވިގޮތުގައި މި މަހާސިންތާގެ މަޤުޞަދަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ދާއިރާގެ ފަރާތްތަކާއި މަޝްވަރާކޮށް، އާ ޚިޔާލުތަކާއި ވިސްނުންތައް ދެނެގަތުމެވެ. މިގޮތުން، ފަތުރުވެރިކަމަށް އާ ސެގްމަންޓްތައް ތައާރަފުކުރުމަށް މަޝްވަރާކުރުމަށް އެޖެންޑާ ކުރެވިފައިވާއިރު، ޕެނަލް ޑިސްކަޝަންއަކާއި ގްރޫޕް ޑިސްކަޝަންތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މި މަހާސިންތާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤުބަލަށް މުހިންމު މަޝްވަރާތަކެއް ކުރެވި، އާ އައު ވިސްނުންތަކެއް އުފެދިގެންދާނެ ފޯރަމެއް ކަމަށް އުންމީދު ކުރެވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް