ދުންފަތުގެ ޓެކްސް ބޮޑުކޮށް، ވޭޕް މަނާކުރުމަށް އިސްލާހު ހުށަހަޅައިފި

މެންބަރު އިބްރާހީމް މުހައްމަދު (އިއްބެ ޖަނާބު) އެވެ.

ސިނގިރޭޓާއި ދުންފަތުން ނަގާ ޓެކްސް ބޮޑުކޮށް، އީ-ސިނގިރޭޓު އަދި ވޭޕު މަނާކުރުމަށް އެކްސްޕޯޓް އިންޕޯޓް ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު (އިއްބެ ޖަނާބު) އެވެ.

އިސްލާހުގެ މައިގަނޑު މަގުސަދަކީ ދުންފަތާއި، ދުންފަތުން އުފައްދާ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރެވޭ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ އިތުރުކުރުމެވެ. އަދި އީ-ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރެވޭ ތާރީޚާ ހަމައަށް، މި މުއްދަތުގައި ރާއްޖެއަށް ގެނެވޭ އެފަދަ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުމެވެ.

މީގެ އިތުރުން، އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ނެގޭ އިމްޕޯޓް ޑިއުޓީއާއި ރޯޔަލްޓީއާއި ރެވެނިއު ފީ މަޢާފްކުރެވޭ ހާލަތްތަކާއި އުސޫލުތައް ބަޔާންކުރުމަށްވެސް މި އިސްލާިސްލާހުގައި ހިމެނެއެވެ. މެންބަރު އިއްބެ ވަނީ މި ބިލުގެ މަސައްކަތް ކޮމިޓީން އަވަހަށް ނިންމައި ފާސްކުރުމަށް އެދިވަޑައިގެންފައެވެ.

އީސުލްޖުމްހޫރިއްޔާ ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ނިންމަވާފައެވެ. އަދި ދުންފަތުން އުފައްދާފައިވާ ތަކެތި ގަނެވިއްކޭނެ އެންމެ ހަގު އުމުރު 21 އަހަރަށް ކަނޑައެޅުމަށްވެސް ނިންމަވާފައިވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

23 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy