މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ވަޒީފާއިން ވަކިކޮށްފި

ހަސަން ޒިޔާއު

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ހަސަން ޒިޔާއު ކުއްލި ގޮތަކަށް އެ މަޤާމުން ވަކިކޮށްފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ ޒިޔާއު އަމިއްލައަށް، 2019 ވަނަ އަހަރު މީޑިއާއަށް މަޖިލީހުގެ މެސެޖުތައް ފޯރުކޮށްދިނުމަށް އުފެއްދި ވަޓްސްއެޕް ގްރޫޕަށް މިރޭ ފޮނުއްވި މެސެޖެއްގައެވެ.

ޒިޔާއު ވިދާޅުވި ގޮތުގައި، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މިއަދުއެވެ. އަދި އެއީ ސިޔާސީ މަޤާމެއް ނޫން ނަމަވެސް، ޕާލިމެންޓަރީ ސަރވިސް ގަވާއިދާ ޚިލާފަށް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. މީގެއިތުރުން، މި ނިންމުމުގެ ފަހަތުގައި ތިއްބެވި މަޖިލީހުގެ އިދާރާގެ ބައެއް އިސްވެރިންގެ ނަންތައް ވެސް ޒިޔާއު ފާހަގަކުރެއްވިއެވެ.

"ޕާލިމެންޓަރީ ސަރވިސް ގަވާއިދާ ޚިލާފަށް، އެ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތުތަކާ ދެކޮޅަށް، ނޯޓިސް ދިނުމަކާ ނުލައި އަވަސްއަރުވާލައިގެން ވަޒީފާއިން ވަކިކުރުމުގެ މަޤްޞަދުގައި، ޕާލިމެންޓަރީ ސަރވިސް ގަވާއިދުގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވި ކަމަށް ބުނެ ވަކިކޮށްފައިވަނީ" ޒިޔާއު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މިއީ މަޖިލީހުގެ އިދާރާގެ އިސްވެރިންގެ ޒާތީ ހަސަދަވެރިކަމުގެ ސަބަބުން ކަމަށެވެ.

ޒިޔާއު ވިދާޅުވި ގޮތުގައި، މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް އަދި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅުއްވާނެއެވެ. މިކަމާ ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

49 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy