މެސީގެ އިންޓާ މިއާމީއަށް ކްލަބް ވޯލްޑް ކަޕްގެ ފަހު ޖާގަ

މެސީ އާއި ސުވަރޭޒް

އަންނަ އަހަރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑް ކަޕްގެ އެންމެ ފަހު ޖާގަ ލިއޮނެލް މެސީގެ އިންޓާ މިއާމީއަށް ލިބިއްޖެއެވެ.

މި މުބާރާތުގައި ޖުމުލަ 32 ޓީމު ވާދަކުރާއިރު، 2025 ވަނަ އަހަރުގެ ޖޫން 15 އިން ޖުލައި 3 އަށް ކުޅުން  ކުރިއަށްދާނެއެވެ. އިންޓާ މިއާމީއަށް މި ފުރުސަތު ލިބުނީ އެމްއެލްއެސް ސަޕޯޓާސް ޝީލްޑް ކާމިޔާބުކޮށް، ރެގިއުލާ ސީޒަންގައި އާ ރިކޯޑެއް ގާއިމުކުރުމުންނެވެ.

މި ޓީމުގައި މެސީގެ އިތުރުން ސާޖިއޯ ބުސްކެޓްސް، ޖޯޑީ އަލްބާ އަދި ލުއިސް ސުވަރޭޒް ފަދަ ތަޖުރިބާކާރު ކުޅުންތެރިން ހިމެނޭއިރު، އެމެރިކާގެ މޭޖަރ ލީގު ސޮކަރގައި އިންޓާ މިއާމީ ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައިވަނީ އިންޓާ މިއާމީން އެމެރިކާގައި އެއް ފެންވަރެއްގައި ރަނގަޅު ކުޅުމެއް މުޅި ސީޒަންގައި ދެއްކިދާނެ ޓީމެއްކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.

މުބާރާތުގެ މެޗުތައް އެމެރިކާގެ އަށް ދަނޑެއްގައި ކުޅޭއިރު، ފައިނަލް މެޗު ކުޅޭނީ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައެވެ. އިންޓާ މިއާމީގެ ހޯމް ގްރައުންޑް ކަމަށްވާ ހާޑް ރޮކް ސްޓޭޑިއަމްގައިވެސް މެޗުތަކެއް ކުޅޭނެއެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 32 އަށް ފީފާއިން އިތުރުކުރުމާ ގުޅިގެން ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު، މި ހިތްހަމަނުޖެހުން އަންނަނީ މައިގަނޑު ގޮތެއްގައި ޔޫރަޕުންނެވެ.

ކްލަބް ވޯލްޑް ކަޕްގެ ގުރުއަތުލުން އޮންނާނީ މިއަހަރުގެ ޑިސެންބަރު މަހުއެވެ. މުބާރާތުގައި ބައިވެރިވާ 32 ޓީމުގެ ތެރެއިން 31 ޓީމު މިހާރު ވަނީ ހޮވިފައެވެ. އެންމެ ފަހު ޖާގަ ލިބޭނީ މި އަހަރުގެ ކޮޕާ ލިބެޓަޑޯރެސް ކަޕް ކާމިޔާބުކުރާ ޓީމަކަށެވެ. މިހާތަނަށް ޖާގަ ހޯދާފައިވާ ޓީމުތަކުގެ ތެރޭގައި މެންޗެސްޓަރ ސިޓީ، ޗެލްސީ، ރެއަލް މެޑްރިޑް، ބަޔަން މިއުނިކް، ޕެރިސް ސެއިންޓް ޖަރމޭން، އިންޓަރ މިލާން، ޕޯޓޯ އަދި ބެންފީކާ ފަދަ ނަން މަޝްހޫރު ކްލަބްތައް ހިމެނެއެވެ.

ކޮމެންޓް

team

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި

22 މިނިޓު ކުރިން
team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

53 މިނިޓު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

8 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

11 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

12 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

13 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

1 ދުވަސް ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy