މާލޭގެ ބުޅަލުގެ މައްސަލަ ކުރިން ހައްލުނުވީ އެމްޑީޕީ ސަރުކާރުން ބިން ނުދިނުމުން: ނަރީސް

ބުޅަލުގެ މައްސަލައަކީ މާލޭގައި ބޮޑުވެފައިވާ މައްސަލައެއް

މާލެއަށް ކުރިމަތިވެފައިވާ ބުޅަލުގެ މައްސަލަ ކުރިން ހައްލުނުކުރެވުނީ އެމްޑީޕީގެ ވެރިކަމުގައި ބިން ހަމަޖައްސައިނުދިނުމުން ކަމަށް މާލެ ސިޓީގެ މޭޔަރުގެ ނައިބު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް ފާހަގަކުރެއްވި ގޮތުގައި މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތް ފެށުނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ މޭޔަރުގެ މަޤާމުގައި ހުންނެވިއިރުއެވެ.

މިހާރު ހުޅުމާލޭގައި ކެޓް ޝެލްޓަރެއް އެޅުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވަނީ އަންނަ މަހުގެ ތެރޭގައި މި ޝެލްޓަރަށް ބުޅާތައް ގެންދެވޭނެ ކަމަށެވެ. މި ފެސިލިޓީގައި އެކި ވައްތަރުގެ ޕެޓް ކެއަރ ޚިދުމަތްތައްވެސް ދޭން ރޭވިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 5,000 އަކަފޫޓުގެ ބިމެއް އެޗްޑީސީން މާލެ ސިޓީ ކައުންސިލަށް ދޫކޮށްފައިވެއެވެ. ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައި ބިނާކުރެވޭ މި ފެސިލިޓީގެ މަސައްކަތް ފެށިފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. މި މަޝްރޫޢަކީ މާލޭގައި އުޅޭ ބުޅާތަކުގެ އަދަދު ކޮންޓްރޯލްކުރުމަށާއި، އެ ޖަނަވާރުތަކަށް އެކަށީގެންވާ ފަރުވާ ދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ގްރޭޓަރ މާލެ ސަރަހައްދުގައި ބުޅާ ގިނަވުމުގެ މައްސަލަ ހައްލުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވެއެވެ. މިގޮތުން، މިއަހަރުގެ ޖަނަވަރީ މަހު އިޢުލާންކުރެއްވި ގޮތުގައި ކ. ފަރުކޮޅުފުށީގައި ޕެޓް ކެއަރ ފެސިލިޓީއެއް ޤާއިމުކުރުމަށް ވަނީ ނިންމަވާފައެވެ. މި މަސައްކަތަކީ ކުރީގެ ސަރުކާރުތަކުން ހަމައެކަނި ވާހަކަދެއްކި ކަމެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، މިހާރުގެ ސަރުކާރުން މިކަމަށް ޢަމަލީ ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

27 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy