ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ޓީބިލް ވިއްކުމަކީ އާއްމުކަމެއް
ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށްޓަކައި، 4.27 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިފަހަރު ވިއްކުމަށް ހުޅުވާލާފައިވަނީ އެއް މަހާއި، ތިން މަހާއި، ހަ މަހާއި، އެއް އަހަރުތެރޭ އަނބުރާ ދައްކަން ޖެހޭ ހަތަރު ބާވަތެއްގެ ޓީބިލެކެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާރުވެސް ސަރުކާރުން ޓީބިލު ވިއްކުމަށްފަހު ނުދައްކާ 85.3 ބިލިއަން ރުފިޔާ އެބައޮތެވެ. މިއާއެކު ދައުލަތުގެ ދަރަނި އިތުރަށް ބޮޑުވެގެންދާނެއެވެ. ނަމަވެސް، ސަރުކާރުން ބުނެފައިވަނީ ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އެކަމަށް އިސްކަންދީގެން ދައްކަމުންދާނެ ކަމަށެވެ.
މިފަހަރު ވިއްކާ ޓީބިލްތަކުގެ ތެރެއިން އެންމެ ކުރު މުއްދަތުގެ ބިލަކީ އެއް މަސްދުވަހުގެ ބިލެވެ. މި ބިލަށް 235 މިލިއަން ރުފިޔާ 3.50 އިންސައްތަ އިންޓަރެސްޓުގައި ވިއްކާނެއެވެ. އެންމެ ދިގު މުއްދަތުގެ ބިލަކީ އެއް އަހަރުގެ ބިލެވެ. މި ބިލަށް 837.70 މިލިއަން ރުފިޔާ 4.60 އިންސައްތަ އިންޓަރެސްޓުގައި ވިއްކާނެއެވެ.
ދައުލަތުގެ ދަރަނި ބޮޑުވެ، ރިޒާވް ވެސް ދަށްވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރުން އަންނަނީ އާމްދަނީ އިތުރު ކުރުމަށާއި ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ. މީގެ ތެރޭގައި ސިޔާސީ މުވައްޒަފުން މަދުކުރުމާއި، ބައެއް ޓެކްސްތައް ބޮޑުކުރުން ހިމެނެއެވެ.
ޓީބިލްތައް އާންމުގޮތެއްގައި ގަންނަނީ ރާއްޖޭގެ ބައެއް ބޭންކްތަކުންނާއި، ޕެންޝަން އޮފީހުންނާއި، ސަރުކާރަށް ނިސްބަތްވާ ކުންފުނިތަކުންނެވެ. އަދި ބައެއް އަމިއްލަ ކުންފުނިތަކުން ވެސް ސަރުކާރުގެ ޓީބިލްގައި އިންވެސްޓްކުރެއެވެ. މިއީ މިއަހަރު ތެރޭގައި ސަރުކާރުން ޓީބިލް ވިއްކުމަށް ހުޅުވާލި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އޮގަސްޓު މަހުވެސް 1.9 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކާފައިވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް