އިސްރާއީލުގެ ނިއުކްލިއަރ މަރުކަޒު ފުނޑާލުމަށް އީރާނުން ތައްޔާރުވަނީ

އިސްރާއިލުގެ ނިޔުކުލިއަރ މަރުކަޒު

އިސްރާއީލުން އީރާނަށް ދޭނެކަމަށް ބެލެވޭ ހަމަލާތަކުގެ ރައްދުގައި އިސްރާއީލުގެ ނިއުކްލިއަރ މަރުކަޒު ފުނޑާލުމަށް އީރާނުގެ އިންގިލާބީ ލަޝްކަރުން ތައްޔާރުވަމުންދާކަމަށް އީރާނުގެ ކުރީގެ ޖެނެރަލެއް ކަމަށްވާ އިބްރާހީމް ރުސްތުމީ ވިދާޅުވެއްޖެއެވެ.

އީރާނުގެ ނޫސް އެޖެންސީ "އިރްނާ" އަށް ދެއްވި ބަޔާނެއްގައި ރުސްތުމީ ވިދާޅުވީ، އިސްރާއީލުން އީރާނުގެ އެއްވެސް ނިއުކްލިއަރ މަރުކަޒަކަށް ހަމަލާއެއް ދީފިނަމަ، އިސްރާއީލުގެ ދައިމޫނާގައި ހުންނަ އެގައުމުގެ މައި ނިއުކްލިއަރ މަރުކަޒު ފުނޑާލުމަށް އީރާނުން ނިންމާފައިވާ ކަމަށެވެ. މިކަމާ ގުޅޭގޮތުން އީރާނުގެ އެލީޓް ފޯސްއިން ކުރިންވެސް އަދި ދާދި ފަހުންވެސް ތަމްރީންތަކެއް ހަދާފައިވާކަމަށް އޭނާ ހާމަކުރެއްވިއެވެ.

ރުސްތުމީ ވިދާޅުވިގޮތުގައި އިސްރާއީލުގެ މައި ނިއުކްލިއަރ މަރުކަޒަށް އީރާނުން ހަމަލާދޭނެ ކަމަށް ބެލެވެނީ އަޑަށްވުރެ 10 ގުނަ ބާރަށް ދަތުރުކުރާ ހައިޕަސޮނިކް މިސައިލުންނެވެ. މިއީ ރާޑަރަށް ނާރާ އަދި ވައިގެ ދިފާއީ އެއްވެސް ނިޒާމަކަށް ވައްޓާނުލެވޭނެ މިސައިލުތަކެކެވެ. މިފަދަ 10 މިސައިލުން އިސްރާއީލުގެ ނިއުކްލިއަރ މަރުކަޒު އެއްކޮށް ބިމާ ހަމަކޮށްލެވޭނެކަމުގެ ޔަގީންކަން އީރާނަށް އޮތްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިތުރަށް އޭނާ ވިދާޅުވިގޮތުގައި، އީރާނަށް ރައްދު ހަމަލާދޭއިރު އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ހަމަލާ ނުދިނުމަށް އެމެރިކާއިން އިސްރާއީލަށް އަންގާފައިވަނީ މިކަމުގެ ސަބަބުން ސަރަހައްދީ ހަނގުރާމައެއް ފެށި، ހުރުމުޒް ކަނޑުއޮޅި ބަންދުވެ، ދުނިޔޭގެ ތެލުގެ އަގަށް ބޮޑު އަސަރެއް ކޮށްފާނެތީއެވެ.

އިސްރާއީލުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، އެމެރިކާގެ އެންގުމާއެކު އިސްރާއީލުވަނީ އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކާއި ތެލުގެ މަރުކަޒުތަކަށް ހަމަލާ ނުދޭން ނިންމާފައެވެ. އެއީ އެފަދަ ހާލަތެއްގައި އިސްރާއީލުގެ އައްސޭރި ފަށުގައިވާ ތެލާއި ގޭހުގެ މަރުކަޒުތަކަށާއި ކަރަންޓު އުފައްދާ މައި ތިން ސްޓޭޝަނަށް އީރާނުން ހަމަލާ ދޭނެކަމަށް ބެލެވޭތީއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

49 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy