އިންގްލެންޑް ޓީމުގެ ކޯޗުކަން ގާޑިއޯލާއަށް އޮފާކޮށްފި

ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަށް އިންގްލެންޑް ޓީމުގެ ކޯޗުކަން އޮފާކޮށްފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ގާޑިއޯލާ، 53، ސިޓީގެ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. އޭނާ ވަނީ މިއީ ސިޓީގައި އޭނާގެ ފަހު އަހަރު ކަމަށް މީގެ ކުރިން ބުނެފައެވެ.

އިންގްލެންޑްގެ ކުރީގެ ކޯޗު ގަރެތު ސައުތުގޭޓް މަގާމުން އިސްތިއުފާދިނުމާ ގުޅިގެން، އިނގިރޭސި އެފްއޭ އިން އަންނަނީ އާ ކޯޗަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ތޯމަސް ޓުޗެލްއާ ވެސް ވާހަކަ ދައްކަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގާޑިއޯލާ އަކީ އިނގިރޭސި އެފްއޭ އިން އަބަދުވެސް ޝައުގުވެރިކަން ހުންނަ ކޯޗަކަށް ވާތީ އޭނާއަށް ވެސް އިންގްލެންޑްގެ ކޯޗުގެ މަގާމު ވަނީ އޮފާކޮށްފައެވެ. ގާޑިއޯލާ ވަނީ މީގެ ކުރިން ގައުމީ ޓީމަކަށް ކޯޗުކޮށްދޭން ޝައުގުވެރިވާ ކަމަށް ވެސް ބުނެފައެވެ.

ސިޓީން ވަނީ، އެ ޓީމުގެ ސްޕޯޓިން ޑިރެކްޓަރަކަށް، ހޫގޯ ވިއާނާ ހަމަޖައްސަން ނިންމައިފައެވެ. މިއީ ގާޑިއޯލާގެ މުސްތަގުބަލަށް އަސަރުކުރާނެ ނިންމުމެއް ގޮތުގައި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

40 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy