އެއާޕޯޓް ޓެކްސް އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފި

ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފަތުރުވެރިކަމުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވިއައިއޭ) މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކުގެ އަތުން ނަގަމުންދާ ޓެކްސްތައް މަތިކުރުމަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

މި ބަދަލުތައް ތަންފީޒުކުރަން ހުށަހަޅާފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ ނިމި، މިއަދު ބޭއްވޭ ޖަލްސާއަށް ހުށަހެޅިފައިވާ އިސްލާހުތަކުގެ ދަށުން، އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން ނަގާ ފީ 30 ޑޮލަރުން 50 ޑޮލަރަށް އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް، އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ ފީއަށް ބަދަލެއް ނުގެންނާނެ ކަމަށް ވެއެވެ.

މީގެ އިތުރުން، ބިޒްނަސް ކްލާހުން ދަތުރުކުރާ ފަރާތްތަކުގެ އަތުން ނަގާ ފީ 60 ޑޮލަރުން 120 ޑޮލަރަށް، އަދި ފަސްޓް ކްލާހުން ދަތުރުކުރާ ފަރާތްތަކުގެ އަތުން ނަގާ ފީ 90 ޑޮލަރުން 240 ޑޮލަރަށް އިތުރުކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ. އަދި ޖެޓުގައި ދަތުރުކުރާ ފަރާތްތަކުގެ އަތުން ނަގާ ފީ 120 ޑޮލަރުން 480 ޑޮލަރަށް މަތިކުރުމަށް ވެސް ހުށަހެޅިފައިވެއެވެ.

ސަރުކާރުގެ އަންދާޒާތަކުން ދައްކާ ގޮތުގައި، އެއާޕޯޓް ޓެކްސް އިތުރުކުރުމުގެ ސަބަބުން ދައުލަތަށް 1.6 ބިލިއަން ރުފިޔާގެ އިތުރު އާމްދަނީއެއް ލިބޭނެއެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ، ޓެކުހުގެ އާމްދަނީ ޑޮލަރުން ލިބޭތީ، ޤައުމުގެ ބޭރު ފައިސާގެ ރިޒާވުގެ ހާލަތު ރަނގަޅުކުރުމަށް މަގުފަހިކުރުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ހުށަހެޅުމާ ގުޅޭގޮތުން މަޖިލީހުގައި މަޝްވަރާކުރެވި ފާސްވެއްޖެނަމަ، ކުރިއަށް އޮތް މަހުގެ ތެރޭގައި މި އައު އަގުތަކަށް ޢަމަލުކުރަން ފެށިދާނެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

28 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy