ދަރުމަވަންތަ ހޮސްޕިޓަލުގައި ޒަމާނީ ހައިބްރިޑް އޮޕަރޭޓިން ތިއޭޓަރު ބޭނުންކުރަން ފަށައިފި

ދަރުމަވަންތަ ހޮސްޕިޓަލް

ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ބެލުމުގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލުގައި ޒަމާނީ ހައިބްރިޑް އޮޕަރޭޓިން ތިއޭޓަރެއް ބޭނުންކުރަން ފަށައިފިއެވެ.

އައިޖީއެމްއެޗްއިން މިއަދު ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި އައު ފެސިލިޓީގައި ކެތު ލެބްވެސް ހިމެނެއެވެ. މި އެޑްވާންސް ފެސިލިޓީގެ ސަބަބުން ނާރުގެ އޮޕަރޭޝަންތަކާއި، ހިތުގެ އޮޕަރޭޝަންތަކުގެ އިތުރުން ބެދިފައި ހުންނަ ލޭ ހޮޅިތައް ރަނގަޅު ކުރުމުގެ ޕްރޮސީޖަރތައް ހެދުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.

އައިޖީއެމްއެޗްއިން ފާހަގަކުރެއްވި ގޮތުގައި މިއީ ދުނިޔޭގެ ފެންވަރުގެ ޞިއްޙީ ޚިދުމަތް ރާއްޖެއަށް ލިބިގެންދިއުމުގެ މުހިންމު ފިޔަވަޅެކެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ނިމި، އެތަނުގެ ބޭނުންކުރަން ފެށީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މި ހޮސްޕިޓަލުގައި އާދައިގެ ހަތަރު އޮޕަރޭޝަން ތިއޭޓަރުގެ އިތުރުން މި ހައިބްރިޑް ތިއޭޓަރު ގާއިމުކޮށްފައިވެއެވެ.

އާދައިގެ އޮޕަރޭޝަން ތިއޭޓަރުތައް ބޭނުންކުރަން ފެށީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށްވާއިރު، މި އައު ހައިބްރިޑް ތިއޭޓަރު ބޭނުންކުރަން ފެށުމާއެކު ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

35 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy