މިރޭ ރާއްޖޭގެ ކަނޑުތައް އާދަޔާ ޚިލާފަށް ގަދަވާނެ
ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައާ ގުޅިގެން، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ކަނޑު ދަތުރުތައް ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ބައެއް ހިސާބުތަކުގައި ވިލާގަނޑުގައި 55 މޭލަށް ވައި ބާރުވެ، ބޯކޮށް ވާރޭވެސް ވެހުން އެކަށީގެންވެއެވެ. އަދި މިކަމާއި ގުޅިގެން އެ އިދާރާއިން ދަނީ އިންޒާރުތައް ނެރެމުންނެވެ. މިގޮތުން ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ދިވެހި ފުލުހުންގެ އިދާރާއިންވެސް މިއަދު ވަނީ ކަނޑު ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފައެވެ. އަދި ކުދި އުޅަނދުތަކުގައި ދަތުރުނުކުރުމަށްވެސް އެދިފައިވެއެވެ.
މި ދުވަސްވަރު މާލެއަށްވެސް ވިއްސާރަ ކުރަމުންދާތީ، ސިނަމާލެ ބްރިޖާއި ހައިވޭއިން ދަތުރުކުރާއިރު ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ބްރިޖާއި ހައިވޭއިން ދަތުރުކުރާއިރު، ތިމާ އާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ދުއްވުމަށް އަންގާފައިވެއެވެ.
ސައިކަލު ދުއްވާއިރު ކުޑަ ނަގައިގެން ނުދިޔުމަށާއި، ފަސޭހައިން ހަލާކުވެ ވަޔާދާ ކޯޓު ބޭނުން ނުކުރުމަށާއި، ހެލްމެޓުވެސް ވަޔާނުދާނެހެން ރަނގަޅަށް އެޅުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި އުޅަނދުގެ ލައިޓުތައް ދިއްލޭތޯ ބަލައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު އުޅަނދު ދުއްވުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
މޫސުމާބެހޭ އިދާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް