ކޫއްޑޫ އެއާޕޯޓުގެ ރަންވޭ ހަލާކުވުމުން މޯލްޑިވިއަންގެ ދަތުރުތައް ހުއްޓާލައިފި

ކޫއްޑޫއަކީ މޯލްޑިވިއަންއަށް ޑިމާންޑު ބޮޑު ރަށެއް

ގއ. ކޫއްޑޫ އެއާޕޯޓުގެ ރަންވޭގެ ފެންވަރު ދަށްވެގެން އެ އެއާޕޯޓަށް ދަތުރު ނުކުރުމަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ނިންމައިފި އެވެ.

ކޫއްޑޫއަށް ދަތުރު ކުރާ ހަމައެކަނި އެއާލައިން ކަމުގައިވާ މޯލްޑިވިއަންއިން މި ނިންމުން ނިންމައި، އެކަން އަންގަންޖެހޭ ފަރާތްތަކަށް މިހާރު ދަނީ އަންގަމުންނެވެ.

ކޫއްޑޫ އެއާޕޯޓުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެންމެ ފަހު ފްލައިޓަކަށް އޮތީ މާދަމާ ހަވީރުގެ ފްލައިޓެވެ. އޭގެ ފަހުން، ރަންވޭގެ ފެންވަރު ދަށްވެގެން އެއާޕޯޓަށް ދަތުރު ނުކުރާނެކަން މޯލްޑިވިއަންއިން ވަނީ އަންގާފައެވެ.

އެ އެއާޕޯޓުގެ މުވައްޒަފުން ބުނާ ގޮތުގައި ކޫއްޑޫ އެއާޕޯޓުގެ ރަންވޭ އެއްވެސް ގޮތަކަށް މަރާމާތުކޮށް މެއިންޓެނަންސް ބަލަހައްޓާފައި ނުވާތާ ހަތް ވަރަކަށް އަހަރު ވެއްޖެ އެވެ. އެހެންކަމުން ރަންވޭ ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މުވައްޒަފުން އިތުރަށް ބުނި ގޮތުގައި ތަކުރާރުކޮށް މިކަން ހައްލުކުރުމަށް އެއާޕޯޓު ހިންގާ ކުންފުނީގައި އެދުމުން ވެސް ހައްލުކޮށްދީފައި ނުވެއެވެ.

"ރަންވޭގެ ހިލަތައް ނެއްޓި، މޯލްޑިވިއަންގެ ދެ ބޯޓެއް މިހާރު ހަލާކުވެއްޖެ. ކޮންމެ ފަހަރަކު ބޯޓެއް ޖައްސަންވީމަ ރަންވޭ ސާފު ކުރަނީ. ހިލަތައް ނަގަން،" މުވައްޒަފަކު ކިޔައިދިނެވެ.

މި ކަމާއި ގުޅިގެން ކުރިއަށް ހުރި ފްލައިޓުތަކުން ޓިކެޓް ގަނެފައިވާ ފަރާތްތަކުގެ ބުކިންތައް އެންމެ ކައިރި އެއާޕޯޓަކުން ފުރާ ފްލައިޓަކަށް ބަދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މޯލްޑިވިއަންގެ މި ނިންމުމާ ގުޅިގެން ދަތުރުވެރިން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިކަމާ ގުޅިގެން މޯލްޑިވިއަން އަދި ކޫއްޑޫ އެއާޕޯޓުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ. ކޫއްޑޫ އެއާޕޯޓަށް ދަތުރުކުރުން ހުއްޓާލިއިރު، މޯލްޑިވިއަންއިން މިއަދު ވަނީ ޓެކްނިކަލް މައްސަލައަކާ ހުރެ ށ. ފުނަދުއަށް ކުރަމުން އައި ދަތުރުތައް ވެސް މެދުކަނޑާލާފައެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

39 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy