އިންޑިއާގެ ވިޔަފާރިވެރިޔާ ރަތަން ޓާޓާ 86 އަހަރުގައި ނިޔާވެއްޖެ

ރަތަން ޓާޓާ

އިންޑިއާގެ ޓާޓާ ގްރޫޕްގެ ކުރީގެ ޗެއާމަން އަދި ޓާޓާ ސަންސްގެ ޗެއާމަން، ރަތަން ޓާޓާ އުމުރުފުޅުން 86 އަހަރުގައި އިއްޔެ ނިޔާވެއްޖެއެވެ.

އޭނާ ނިޔާވީ މުމްބާއީގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އިންޑިއާ ޓީވީ ނޫހުން ރިޕޯޓުކުރި ގޮތުގައި ފާއިތުވި ދުވަސްތަކުގެ ތެރޭ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެ ރަތަން ގެންދެވީ މުމްބާއީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުންނެވެ. ނަމަވެސް ހޯމަ ދުވަހު އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާގެ ސިއްހީ ހާލުކޮޅާ ގުޅިގެން ދެކެވެމުން އަންނަ ވާހަކަތައް އެނގިލައްވާކަމަށް ވިދާޅުވެފައެވެ.

ރަތަން ޓާޓާއަކީ 1991 ވަނަ އަހަރު އޮޓޯސް ޓު ސްޓީލް ކޮންގްލޯމެރޭޓްގެ ޗެއާމަންކަން ކުރެއްވި ބޭފުޅެކެވެ. އަދި މީގެ ސަތޭކަ އަހަރަށް ވުރެ ގިނަ ދުވަސް ކުރިން އޭނާގެ މުނިކާފަ އުފެއްދެވި ޓާޓާ ގްރޫޕް 2012 ވަނަ އަހަރާ ހަމައަށް ހިންގެވިއެވެ.

މީގެ އިތުރުން ރަތަން ޓާޓާއަކީ 1996 ވަނަ އަހަރު އުފެއްދި ޓެލެކޮމިއުނިކޭޝަން ކުންފުނި، ޓާޓާ ޓެލެސާވިސަސްގެ ފައުންޑަރެވެ. އަދި އެއަށްފަހު އައިޓީ ކުންފުންޏެއްކަމަށްވާ، ޓާޓާ ކޮންސަލްޓެންސީ ސާވިސަސްގެ ހިންގުމާ 2004 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވިއެވެ.

މަގާމުން ވަކިވެވަޑައިގަތުމުން، އޭނާއަށްވަނީ ޓާޓާ ސަންސް، ޓާޓާ އިންޑަސްޓްރީސް، ޓާޓާ މޮޓޯސް، ޓާޓާ ސްޓީލް އަދި ޓާޓާ ކެމިކަލްސްގެ ޗެއާމަން އެމެރިޓަސްގެ މަގާމު ދީފައެވެ.

ރަތަން ނިޔާވުމާއެކު އިންޑިއާގެ އިސްވެރިންނާއި ވިޔަފާރިވެރިން ހިމެނޭހެން އެކި ބޭފުޅުންގެ ތައުޒިޔާގެ އެކި މެސެޖުތައް ސޯޝަލް މީޑިއާގައި އަންނަނީ ހިއްސާކުރައްވަމުންނެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

36 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy