ހައްޔަރުކުރި އަބްދުﷲ މިޔާދު، ގ. ސަންސަންގެއާގެ/މާލެ. /ފޮޓޯ:ފުލުހުން
ރައީސް މުހައްމަދު މުއިއްޒާއި ދައުލަތުގެ އެކި ވެރިން އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދިން މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ރޭ ރާއްޖެ އައި ތަނުން ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި ހައްޔަރުކުރެވުނީ އަބްދުﷲ މިޔާދު (40 އަހަރު، ގ. ސަންސަންގެއާގެ/މާލެ) އެވެ.
މި މައްސަލައިގައި އިންޒާރު ދީފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ ރައީސް މުއިއްޒުގެ ސޯޝަލް މީޑިއާ ޕޭޖުން ގެނެސްދިން ލައިވް ސްޓްރީމްއަކަށެވެ. އެ ލައިވްގައި ދައްކަމުން ދިޔައީ އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ރައީސް މުއިއްޒު ދެއްވި ތަގުރީރެވެ. މި އިންޒާރު ދީފައިވަނީ 'އަބްލޯ މައިދު ޔޫސެފް' ގެ ނަމުގައި ހަރަކާތްތެރިވި އެކައުންޓަކުންނެވެ.
ފުލުހުން ބުނި ގޮތުގައި މިޔާދު ހައްޔަރުކޮށްފައިވަނީ ރައީސް މުއިއްޒާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށް ނިސްބަތްކޮށް "މަރާލާނެ" ކަމަށް ބުނެ އިންޒާރު ދިނުމުގެ އިތުރުން އެހެން މީހުންނަށް ވެސް މަރުގެ އިންޒާރު ދީފައިވާތީއެވެ. އަދި އެ މީހުންނަށް އެހެން ގޮތް ގޮތުން ވެސް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށާއި، އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރު ދޭ ގޮތަށް ވެސް ޕޯސްޓުތައް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި މިޔާދު ހައްޔަރުކޮށްފައި ވަނީ ރާއްޖޭން ބޭރުގައި ހުރެފައި ރޭގެ ވަގުތެއްގައި ރާއްޖެ އައުމުންނެވެ. މި މައްސަލަ މިހާރު ވަނީ ތަހުގީގުގެ މަރުހަލާގައެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް