އެމެރިކާއިން ދަނީ އިސްރާއިލަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދެމުން
އެމެރިކާގެ ބްރައުން ޔުނިވަރސިޓީގެ ވޮޓްސަން އިންސްޓިޓިއުޓުން އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، މެދުއިރުމަތީގެ ހަނގުރާމަތަކަށް އެމެރިކާއިން 22.76 ބިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ.
މީގެ ތެރެއިން 17.9 ބިލިއަން ޑޮލަރު ހޭދަކޮށްފައިވަނީ ޣައްޒާގެ މައްޗަށް އިސްރާއީލުން ކުރާ ހަނގުރާމައަށެވެ.
2023 ގެ އޮކްޓޯބަރު 7ން ފެށިގެން އިސްރާއީލަށް ދީފައިވާ 17.9 ބިލިއަން ޑޮލަރަކީ، އިންފްލޭޝަނަށް ބަދަލުކޮށްފައިވާ ޑޮލަރުން ބަލާއިރު، އެއް އަހަރެއްގެ ތެރޭގައި އިސްރާއީލަށް ފޮނުވާފައިވާ އެންމެ ބޮޑު އަސްކަރީ އެހީއެވެ. މި އެހީގެ ތެރޭގައި އަސްކަރީ ފައިނޭންސިން، ހަތިޔާރު ވިއްކުން، އަދި އެމެރިކާގެ ހަތިޔާރުގެ ސްޓޮކްޕައިލްތަކުން ދޭ ތަކެތި ހިމެނެއެވެ.
އިސްރާއީލަށް ދޭ އެހީގެ އިތުރުން، ޔަމަނާއި މެދުއިރުމަތީގެ އެހެން ސަރަޙައްދުތަކުގައި ހިންގާ އޮޕަރޭޝަންތަކަށް އެމެރިކާއިން 4.86 ބިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ. ޖެނުއަރީ މަހުން ފެށިގެން އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނުގައި ހޫތީންގެ ތަންތަނަށް ވައިގެ ހަމަލާތައް ދަނީ ދެމުންނެވެ.
މި ހަމަލާތަކަކީ ޔަމަނުގެ ވަށައިގެންވާ ކަނޑުތަކުގައި ދަތުރުކުރާ އުޅަނދުތަކަށް ހޫތީން ހަމަލާދޭން ފެށުމާ ގުޅިގެން ދެމުންދާ ހަމަލާތަކެކެވެ. ހޫތީން ބުނާ ގޮތުގައި އެމީހުންގެ ހަމަލާތައް އަމާޒުކުރަނީ އިސްރާއީލާ ގުޅުންހުރި އުޅަނދުތަކަށް އެކަނި ކަމަށާއި، މިއީ ޣައްޒާގެ ފަލަސްޠީނުންނަށް އެހީވުމުގެ ގޮތުން ދޭ ހަމަލާތަކެކެވެ.
މި ރިޕޯޓުން ދައްކައިދެނީ މެދުއިރުމަތީގެ ހަނގުރާމަތަކުގައި އެމެރިކާގެ ބައިވެރިވުން އިތުރުވަމުންދާކަމާއި، ޚާއްޞަކޮށް އިސްރާއީލަށް ދޭ އެހީގެ މިންވަރު ރެކޯޑު އަދަދަކަށް އަރާފައިވާކަމެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް