އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު މުމްބާއީއަށް ރައީސް މުއިއްޒު ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު މުމްބާއީ އަށް ވަޑައިގެންނެވުން

ރައީސް މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ގައުމުގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ މުމްބާއީއަށް ވަޑައިގެންފި އެވެ.

މުމްބާއީގައި ރައީސް މުއިއްޒު ދެ ހަރަކާތެއްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އެއީ ރާއްޖޭގައި ހުރި އިންވެސްޓުމެންޓުގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ހިއްސާކޮށް، ވިޔަފާރީގެ ރޮނގުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ބާއްވާ ބިޒްނަސް ފޯރަމާއި، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އިންޑިއާގެ ފިލްމީ ތަރިންނާއި އިންފުލުއެންސަރުންނާ އެކު ބާއްވާ ހަރަކާތެކެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ފަސް ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ފެއްޓެވީ އާދިއްތަ ދުވަހުއެވެ.

ދަތުރުފުޅުގެ ފުރަތަމަ ދެ ދުވަހު ވެރިރަށް ނިއު ދިއްލީގައި އިންޑިއާ-ރާއްޖެ މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދެވުނެވެ. މީގެ އިތުރުން، އެއްބަސްވުންތައް ބަދަލުކޮށް ގުޅުން ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ކުރެއްވިއެވެ.

ރޭ ނިއު ދިއްލީގައި ބޭއްވި ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ޑިޖިޓަލް އިގްތިސޯދާ ގުޅޭ ދާއިރާތަކުން އިންވެސްޓްކުރުމަށް ރާއްޖެއަކީ ފަހި މާހައުލެއް އޮތް ތަނެއް ކަމަށާއި އެ ދާއިރާ ތަރައްގީ ކުރުމަށް އިންޑިއާގެ އެހީ ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އިންޑިއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު މާކެޓެއްކަން ފާހަގަކުރައްވައި އިންޑިއާ ފަތުރުވެރިން ރާއްޖެ އައުމަށް ދައުވަތު ދެއްވާފައެވެ.

މި ދަތުރުފުޅުގައި އެންމެ ފަހު މަންޒިލެއްގެ ގޮތުން ރައީސް ވަޑައިގަންނަވާނީ ބެންގަލޫރަށެވެ. ބެންގަލޫރުގައި ވެސް ބިޒްނަސް ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

47 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy