ޕީއެސްޖީ އަށް ލީގުގެ އެއްވަނަ ގެއްލުނު ނަމަވެސް އެންރީކޭ އުންމީދުގައި

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ

ފްރެންޗް ލީގުގައި ރޭ ނީސްއާ 1-1 އިން އެއްވަރުވެ، ޕީއެސްޖީ އަށް ލީގުގެ އެއް ވަނަ ގެއްލުނު ނަމަވެސް ކަންބޮޑުނުވާ ސަބަބަކީ އެ ޓީމަށް ލީގުގައި ކޮންޓްރޯލް ނެގުމުގެ ފުރުސަތު އޮތުން ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

ޕީއެސްޖީ ލީގުގެ ދެ ވަނަ އަށް ވެއްޓުނީ ލީގުގެ އެއް ވަނައިގައި އޮތް މޮނާކޯ އަށް ވުރެ ދެ ޕޮއިންޓް ފަހަތަށެވެ. ނަމަވެސް އެންރީކޭ ބުނީ މިއީ ސީޒަނުގެ ކުރީކޮޅު ކަމަށާއި، އަދިވެސް ކަންކަން ކޮންޓްރޯލްގައި އޮތް ކަމަށެވެ.

"މިއީ ސީޒަނެއްގެ ކުރީކޮޅު، އަހަންނަށް ވަރަށް އުންމީދީ ފެށުމެއް މިއީ، މެޗަކުން ބަލިނުވެ މި އޮތީ. އަދިވެސް އަތުގައި ކޮންޓްރޯލް މި އޮތީ. އެހެންވީމަ އަހަރެން ދެކޭގޮތުގައި އަދި ކަންކަން މި ދަނީ ރަނގަޅަށް،" އެންރީކޭ ބުންޏެވެ.

އެންރީކޭ ފާހަގަކުރި ގޮތުގައި ފެށުން ރަނގަޅު ނަމަވެސް ޓީމުން ހަދަމުން އަންނަ ގޯސްތައް ރަނގަޅުކުރަން ޖެހެއެވެ. އޭގެ ތެރޭގައި ފަސޭހައިން ކަންކަން ކުރެވެން އޮއްވައި، އުނދަގޫ ޕާސްތަކެއް ޖަހައިގެން އެޓޭކްކުރަން އުޅުން ހިމެނެއެވެ.

"ވަނަތައް ހޮވަނީ ސީޒަން ނިމުނީމަ، އޮތީ ކޮން ހިސާބެއްގައިތޯ ބަލާނީ ވެސް ސީޒަން ނިމުނީމަ. މިހާރު އެންމެ މުހިންމު ކަމަކީ، ހުރިހާ ތަށްޓަކަށް ވާދަކުރެވޭ ލެވަލެއްގައި ޓީމު ބޭއްވުން،" އެންރީކޭ ނިންމާލަމުން ބުންޏެވެ.

 

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

25 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy