ރައީސް ޑރ.މުހައްމަދު މުއިއްޒު އިންޑިއާގެ ރައީސާއި ބައްދަލުކުރެއްވުން
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ރޭ ބައްދަލުކުރައްވާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި އެކުވެރިކަން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުން ބޭއްވިފައި ވަނީ އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާސްތުރަޕަތީ ބަވަންގައެވެ.
އިންޑިއާގެ ރައީސް ވަނީ ރާއްޖެއަކީ އެ ގައުމުގެ އަސާސީ ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އިންޑިއާ އިން ގެންގުޅޭ "ނޭބަހުޑް ފަސްޓް" ސިޔާސަތުގައްޔާއި "ސާގަރް" ތަސައްވުރުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއް ކަމަށް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދެ ގައުމަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ތައުލީމާއި މީހުން ބިނާކުރުމާއި ޓޫރިޒަމް އަދި ސިއްހީ ދާއިރާ ހިމެނޭ ގޮތަށް ގިނަ ދާއިރާތަކުން ތަރައްގީ އަށް ކުރާ މަސައްކަތްތަކުގައި އިންޑިއާ އިން އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، މި ދަތުރުފުޅުގައި ފެށި މުއާމަލާތްތައް އެދެވޭ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ދެ ރައީސުން އެއްބަސްވެވަޑައިގެންނެވިއެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ އިންޑިއާ-ރާއްޖެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ ތަރައްގީއަށް މަގުފަހިކުރާނެ ތާރީޚީ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް