ލިވަޕޫލް އެއްވަނަ މަގާމު ދެމެހެއްޓި އިރު ސިޓީ އާއި އާސެލް ވެސް މޮޅުވެއްޖެ

ލިވަޕޫލް މިވަގުތު އޮތޯ ތާވަލުގެ އެއްވަނާގައި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ކްރިސްޓަލް ޕެލަސް 1-0 އިން ބަލިކޮށް އެއް ވަނަ މަގާމު ދަމަހެއްޓި އިރު މެންޗެސްޓާ ސިޓީ އާއި އާސެނަލު ވެސް ރޭގަ ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.

ކްރިސްޓަލް ޕެލަސް ދަނޑުގައި ކުޅުނު މެޗުގައި ލިވަޕޫލްގެ ހަމައެކަނި ލަނޑު ޖެހީ ނުވަ ވަނަ މިނިޓްގައި ޑިއޯގޯ ޖޮޓާ އެވެ. މިއީ ކޯޑީ ގަކްޕޯ ނެގި ހުރަހަކުން ޖޮޓާ ޖެހި ލަނޑެކެވެ. ލީޑުފުޅާކުރަން ޖޮޓާ އަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުންނުހިފުނެވެ.

މި މެޗުގައި ޕެލަސް އިން ލިވަޕޫލުގެ ގޯލަށް ދިން ގިނަ ހަމަލާތަކެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ މަތަކޮށްފައިވާ އިރު، މެޗުގެ ފަހުކޮޅުގައި އެލިސަންގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ވަނީ  ބަދަލުކުރަން ޖެހިފައެވެ.

ލީގު ދެވަނާގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިން ވަނައިގައި އޮތް އާސެނަލުން ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފަ އެވެ.

އަމިއްލަ ދަނޑުގައި އާސެނަލުން 3-1 އިން ސައުތެމްޓަން ބަލިކުރިއިރު، ކެމަރަން އާޗާ ރޭގެ މެޗުގައި ސައުތެމްޓަން އަށް ލީޑުނަގައިދީފައިވަނިކޮށް، އާސެނަލް ފަހަތުން އަރައި މޮޅުވީ، ތިން ލަނޑު ޖަހައިގެންނެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ ކައި ހަވާޓްޒް އާއި ގަބްރިއެލް މާޓިނެލީ އަދި ބުކާޔޯ ސަކާ އެވެ.

މި ނަތީޖާއާ އެކު، އާސެނަލުން މި ވަނީ އަލަށް ޕްރޮމޯޓްވާ ޓީމުތައް އަތުން ލީގުގައި އަމިއްލަ ދަނޑުގައި ބަލިނުވެ، 41 މެޗު ފުރިހަމަކޮށްފަ އެވެ. މި ސީޒަނުގައި މެޗަކުން ބަލިނުވާ ދެ ޓީމަކީ އާސެނަލާއި ސިޓީ އެވެ.

ސިޓީން ފަހަތުން އަރައި 3-2 ން ފުލަމް ބަލިކުރިއިރު،  ސިޓީ ދަނޑުގައި ރޭ ފުލަމް އިން ލީޑުނެގީ އަންޑްރެއަސް ޕެރެއިރާ ޖެހި ގޯލުންނެވެ. ސިޓީން މަޓެ މަޓެއޯ ކޮވަސިޗް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ލަނޑު ޖެހީ ޖެރެމީ ޑޮކޫ އެވެ.

ރޭގެ މެޗުތަކުގެ ނަތީޖާއަށް ފަހު ލިވަޕޫލް އެއް ވަނައިގައި އޮތީ ހަތް މެޗުން 18 ޕޮއިންޓާ އެކު އެވެ. ސިޓީ އާއި އާސެނަލަށް ވެސް ހަތް މެޗުން ވަނީ 17 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ޗެލްސީ އާއި ފަސް ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވަނީ ހަ މެޗުން 13 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

5 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

8 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

9 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

10 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

21 ގަޑިއިރު ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

23 ގަޑިއިރު ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
team

ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!

1 ދުވަސް ކުރިން
team

ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy