މި ވެރިކަން 10 އަހަރު ވަންދެން އޮންނަން ޖެހޭ - އަދުރޭ

ޢަބްދުއްރަޙީމް

ދިވެހިން ބޭނުންވާ ގޮތަށް ދިވެހިންގެ ރާއްޖެ ބިނާކުރުމަށްޓަކާ އެއް ވެރިކަމެއް 10 ނުވަތަ 15 އަހަރު ވަންދެން އޮންނަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީއެންސީ އަށް މެމްބަރުން އިތުރުކުރަން ހުޅުމާލޭގައި މިއަދު ކުރިއަށް ގެންދިޔަ އިވެންޓަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުން އަބްދުލްރަހީމް ވިދާޅުވީ ޕީއެންސީގެ އަމާޒަކީ ރާއްޖެ މިއޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކޮށް ދިވެހިންގެ ރާއްޖެއެއް ދިވެހިން އެދޭ ގޮތަށް ބިނާކޮށްދިނުން ކަމަށެވެ.

"ދިވެހިންގެ ރާއްޖެއެއް ދިވެހިން އެދޭގޮތަށް ބިނާކުރުމަށްޓަކާ އެބަ ބޭނުންވޭ 10 ވަރަކަށް 15 އަހަރު އެއް ވެރިކަމެއް އޮންނަން. އެ ވެރިކަމަކަށް ބަލާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ދިވެހިންގެރާއްޖެއެއްގެ ސިޔާސަތު،" އަބްދުލްރަހީމް ވިދާޅުވި އެވެ.

އަބްދުލްރަހީމް ވިދާޅުވީ އަމާޒަކީ ރައީސް މުއިއްޒުގެ ވެރިކަން ދެމިގެންދާނެ ގޮތަކަށް މަސައްކަތް ބައްޓަން ކުރުން ކަމަށާއި ޕީއެންސީ އޮތީ މި ފަސް އަހަރު އެކަނި ވެރިކަން ކުރާ ގޮތަކަށް ނޫން ކަމަށެވެ.

"އަޅުގަނޑުމެން އެންމެ މިތިބީ ދެވަނަ ދައުރެއް ރައީސުލްޖުމްހޫރިއްޔާ އަށް ހޯދާދިނުމުގެ ވިސްނުމުގައި. އެ މަސައްކަތް މި ކުރަނީ އިރާދަކުރެއްވީޔާ އެކަން ކާމިޔާބުކުރާނަން،" އަބްދުލްރަހީމް ވިދާޅުވި އެވެ.

ޕީއެންސީން ކުރަމުން އަންނަނީ ގައުމީ މަސައްކަތެއް ކަމަށާއި އެ ޕާޓީން މަސައްކަތް ކުރަމުން އަންނަނީ އަމާޒެއް އޮވެގެން ކަމަށްވެސް އަބްދުލްރަހީމް ވިދާޅުވި އެވެ. ނަމަވެސް ބައެއް އިދިކޮޅު ފަރާތްތަކުން ބޭނުންވާ ކަންކަން ހާސިލު ނުވުމުން ގޭގައި ތިބެ ރައްޔިތުންނަށް ކަންކަން އޮޅުވާލައި، ފިތުނަ ފަސާދަ އުފައްދަން މަގުފަހިކުރަމުންދާ ކަމަށް އަބްދުލްރަހީމް ވިދާޅުވި އެވެ.

ކޮމެންޓް

team

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި

45 މިނިޓު ކުރިން
team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

1 ގަޑިއިރު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

9 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

12 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

12 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

14 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

1 ދުވަސް ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy