ޕޮގްބާގެ ސަސްޕެންޝަން މުއްދަތު ކުޑަކޮށްދިނުމާއެކު އަންނަ އަހަރު ކުޅުމަށް ފުރުސަތު ލިބިއްޖެ

ޕައުލް ޕޮގްބާ

ފްރާންސްގެ މިޑްފީލްޑަރު، ޕައުލް ޕޮގްބާ މަނާބޭހަށް ޕޮޒިޓިވްވުމުން ދިން ހަތަރު އަހަރުގެ ސަސްޕެންޝަނަށް ލިބުނު ލުޔާ އެކު، އަންނަ އަހަރު އޭނާ އަށް ކުޅުމުގެ ތެރެއަށް އެނބުރި އައުމަށް ފުރުސަތު ފަހިވެއްޖެ އެވެ.

ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ނިންމީ ޕޮގްބާގެ ސަސްޕެންޝަން 18 މަސް ދުވަހަށް ކުޑަކޮށްދިނުމަށެވެ. އެއާ އެކު، އަންނަ އަހަރުގެ ޖެނުއަރީގައި ޕޮގްބާއަށް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބި، މާޗް މަހު ކުޅުމަށް އެނބުރި އާދެވޭނެ އެވެ.

ޕޮގްބާ، 30، ވަގުތީ ގޮތުން ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެއީ، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ނެގި އޭނާގެ ފުރަތަމަ ސާމްޕަލް މަނާބޭހަށް ޕޮޒިޓިވް ވުމުންނެވެ. އެ އަށް ފަހު، ދެ ވަނަ ސާމްޕަލެއް ނަގައިގެން ބެލިއިރު ވެސް ވަނީ ޓެސްޓޯސްޓެރޯން އަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ، ތަހުގީގެއް ހިންގުމަށް ފަހު، މި އަހަރު މާޗް މަހު، ޕޮގްބާ، ހަތަރު އަހަރަށް ސަސްޕެންޑްކުރުމަށް ނިންމި އެވެ.

ޕޮގްބާ ވަނީ އޭނާ އެއްވެސް އިރެއްގައި އެނގިގެން، މަނާބޭހެއް ބޭނުންކޮށްފައިނުވާނެ ކަމަށް ބުނެފަ އެވެ. އަދި އޭނާ ޕޮޒިޓިވްވި، ޓެސްޓޯސްޓެރޯން އަކީ ޑޮކްޓަރު ދިން ބޭހެއް ކަމަށާއި އެއީ މަނާބޭހެއްކަން އޭރު ނޭނގޭ ކަމަށެވެ. ސަސްޕެންޝަންގެ މުއްދަތު އެއްކޮށް ފުރިހަމަކުރަން ޕޮގްބާ މަޑުކުރަން ޖެހުނު ނަމަ އޭނާ އަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ، އުމުރުން 34 އަހަރުގަ އެވެ. އެކަމަކު، މިހާރު މި ލިބުނު ލުޔާ އެކު އަންނަ އަހަރު ކުޅެން ނުކުމެވޭނެ އެވެ.

ފްރާންސްގެ ގައުމީ ޓީމާ އެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑް އިން ދެ ވަނަ ފަހަރަށް ޔުވެންޓަސް އަށް ބަދަލުވީ 2022 ވަނަ އަހަރެވެ. އެ ފަހަރު، އޭނާ ވަނީ ޔުވެންޓަސްއާ އެކު، ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

53 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy