ސީޕްލޭން ވިޔަފާރި ފުޅާކުރަން އެމްއޭސީއެލްއާއެކު ޖޮއިންޓް ވެންޗަރ އުފައްދަނީ

ސީ ޕްލޭންއަކީ ރާއްޖެއަށް ފައިދާ ހުރި ވިޔަފާރިއެއް

ރާއްޖޭގެ ސީޕްލޭން ވިޔަފާރި އިތުރަށް ފުޅާކޮށް ޒަމާނީކުރުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، މި ނިންމުން ނިންމާފައިވަނީ އިއްޔެ ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް މަޝްވަރާކުރުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ ލަފަޔާ އެއްގޮތަށެވެ.

މި ޖޮއިންޓް ވެންޗަރގެ މައިގަނޑު މަޤްޞަދަކީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ހިންގަމުންދާ 'މޯލްޑިވްސް ސީޕްލޭން' ގެ ވިޔަފާރި ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ.

ރައީސް އޮފީހުން އިތުރަށް ހާމަކުރި ގޮތުގައި:

އައިލެންޑް އޭވިއޭޝަންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް އެމްއޭސީއެލްއާ އެކު ޖޮއިންޓް ވެންޗަރ ކުންފުނި އުފެއްދުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މި ކުންފުނި އުފެއްދުމުގެ މަސައްކަތް 30 އޭޕްރިލް 2025 ގެ ކުރިން ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.

މި މަޝްރޫޢުއާ ގުޅޭ އިތުރު ނިންމުންތައް އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދާނެއެވެ.

މީގެއިތުރުން، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުކުރުމަށް ކުރިއަށް ގެންދާނެ ކަންތައްތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި މެރިކަލްޗަރ ވިޔަފާރި ތަރައްޤީކުރުމަށް ޒޯންތަކެއް ކަނޑައެޅުމާއި، ފާނަ އާލާކުރުމަށް ޚާއްޞަ ސަރަޙައްދެއް ކަނޑައެޅުން ހިމެނެއެވެ.

މި ނިންމުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި މަސްވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް އިޤްތިޞާދީ މާހިރުން ލަފާކުރެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

53 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy