މުވައްޒަފުންގެ އިހުމާލުން ކަސްޓަމަރުންނަށް މާލީ ގެއްލުމެއް ނުވާނެ: ބީއެމްއެލް

އެންމެ ގިނަބަޔަކު ފައިސާގެ މުއާމަލާތްކުރަނީ ބީއެމްއެލް މެދުވެރިކޮށް

މުވައްޒަފެއްގެ އިހުމާލުން ނުވަތަ ގަވާއިދާ ޚިލާފު އަމަލަކުން ކަސްޓަމަރުންނަށް އެއްވެސް މާލީ ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފިއެވެ.  

ބޭންކުން މިފަދައިން ބުނެފައި މިވަނީ ބީއެމްއެލްގެ ކަސްޓަމާ ސަރވިސް އެސިސްޓެންޓެއްގެ މައްޗަށް ކަސްޓަމަރުންގެ އެކައުންޓުތަކުގައި ހުރި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރުމާ ގުޅިގެންނެވެ.

ބީއެމްއެލްގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު މިއަދު ވިދާޅުވީ، 2021 ވަނަ އަހަރު ހިނގި މި މައްސަލަ ބޭންކަށް ފާހަގަވުމާއެކު އެ މުވައްޒަފު ވަގުތުން މަސައްކަތުން އެކަހެރިކުރި ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މައްސަލަ ބެލުމަށްފަހު އެ މުވައްޒަފު މަޤާމުން ވަކިކޮށް، 2021 ޑިސެމްބަރު 7 ގައި މައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އަދި ކަސްޓަމަރުންގެ އަތުން ގެއްލުނު ފައިސާ ބޭންކުން ކަސްޓަމަރުންނަށް ޖަމާކޮށްދިން ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

"ބޭންކުގައި ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށް ބޭންކުގެ ގަވާއިދުތަކާއި އުސޫލުތައް ހަރުދަނާކޮށް، އިންޓަރނަލް ކޮންޓްރޯލްތައް ބޭންކުގައި ޤާއިމްކޮށްފައިވޭ،" ސަޢީދު ވިދާޅުވިއެވެ. އަދި ބޭންކުގެ އެއްވެސް މުވައްޒަފަކު ގަވާއިދާ ޚިލާފު ކަމެއް ކޮށްފި ނަމަ އެކަމެއް ތަޙުޤީޤުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަބަދުވެސް އަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

55 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy