އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތުގައި އިސްވެރިން ބައިިވެރިވެލައްވަނީ
ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންނަށް އެހީތެރިވެދޭ ދިވެހިން އުޅޭ ކަމަށް ބުނެ، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ވަހީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވަފިއެވެ.
އިއްޔެ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ބޮޑު އޮޕަރޭޝަނަނަކާ ގުޅިގެން ވާހަކަދައްކަވަމުން ޝަމްއާން ވިދާޅުވީ، ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލައާ މެދު އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، އެ މީހުންގެ ހަގީގަތް އެނގި ތިބެ ބައެއް ދިވެހިން އެފަދަ ބިދޭސީންނަށް އެއްބާރުލުންދޭ މައްސަލަ ކަމަށެވެ.
"އަޅުގަނޑުމެން އެދެނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ވަޒީފާގައި ނުބެހެއްޓުމަށް. އެފަދަ މީހުން ގަވާއިދުގެ ތެރެއަށް ފައްތަން" ޝަމްއާން ވިދާޅުވިއެވެ.
މިއަދުގެ އޮޕަރޭޝަނުގައި ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއް ހިމެނޭހެން 27 ޒޯނެއް ވަނީ ބަލައި ފާސްކޮށްފައެވެ. މި ހަރަކާތުގައި އިމިގްރޭޝަންގެ 200 އަށްވުރެ ގިނަ އޮފިސަރުންގެ އިތުރުން އެހެން ސަރުކާރުގެ މުއައްސަސާތަކުން ވެސް ބައިވެރިވިއެވެ.
އޮޕަރޭޝަންގެ މަޤްޞަދަކީ ހުއްދަ ނެތި ރާއްޖޭގައި އުޅޭ ބިދޭސީންނާއި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ދެނެގަނެ، އެފަރާތްތަކާމެދު ފިޔަވަޅު އެޅުމެވެ. އަދި މިފަދަ ބިދޭސީން ލައްވާ މަސައްކަތްކުރުވާ ދިވެހިންނަށް ނަސޭހަތްދިނުމެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް