ކޮފްސީ ސިރަޕް ބޭނުންކުރުމާއި އެތެރެކުރުމަށް އަލުން ހުއްދަދީފި

އަލުން ހުއްދަދިން ކެއްސާތީވެ ބޭނުންކުރާ ސިރަޕް

ރާއްޖެ އެތެރެކޮށް ބޭނުންކުރަމުން ގެންދިޔަ ކެއްސާތީ ބޯ ބޭހެއް ކަމަށްވާ 'ކޮފްސީ ސިރަޕް' އިން މައްސަލަތަކެއް ފާހަގަވެގެން އެ ބޭސް ރާއްޖޭގައި ބޭނުންކުރުމާއި އެތެރެކުރުން ވަގުތީ ގޮތުން މަނާކުރުމަށްފަހު އަލުން ހުއްދަ ދީފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިދިޔަ މަހުގެ 19 ވަނަ ދުވަހު ކޮފްސީ ސިރަޕް ބޭނުންކުރުމާއި ވިއްކުން މަނާކުރި އެވެ. އެ އިދާރާއިން އޭރު ބުނެފައިވަނީ އެ ސިރަޕުގައި ކުނޑިކޮޅުތަކެއް ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ބޭހުގެ މާކެޓުން ލިބެންހުރި ބެޗުތަކުގެ ސާމްޕަލް ނަގައި އިތުރަށް ޓެސްޓްކޮށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ބޭހުގައި މައްސަލައެއް ނެތްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، މިހާރު އެ ބޭސް ބޭނުންކުރުމާއި އެތެރެކުރުމުގެ ހުއްދަ ދީފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެފައިވެއެވެ.

ކޮފްސީ ސިރަޕަކީ އިންޑިއާގެ ޗެންނާއީއަށް ނިސްބަތްވާ، 'އެމްއެމްސީ ހެލްތު ކެއާ' ނަމަކަށް ކިޔާ ކުންފުންޏަކުން އުފައްދާ ބޭހެކެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ރާއްޖެއަށް އެތެރެކުރާ ކެއްސާތީ ބޯ ބޭހުގެ ބާވަތްތަކަކީ އެމްއެފްޑީއޭ އިން ކުރަމުންދާ ތަހުލީލުތަކުގައި އާންމުކޮށް ވެސް މައްސަލަތައް ފާހަގަވާ ބޭސްތަކެކެވެ. މީގެ ކުރިން ވެސް ކެއްސާތީ ބޯ ބޭހުގެ ބައެއް ބްރޭންޑުތަކުގެ ބޭސްތަކުން މައްސަލަތައް ދިމާވެ ބައެއް ބޭސްތައް ރާއްޖެ އެތެރެކުރުން މަނާކޮށްފައި ވެސް ވެއެވެ.

އެމްއެފްޑީއޭ އިން ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނީ ބޭސް ބޭނުންކުރުމުގައި ސަމާލުވުމަށާއި، އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ ވަގުތުން އެ އިދާރާއަށް އެންގުމަށެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

31 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy