ރަޝިޔާގެ ހަމަލާތަކުގައި އެތަށްބަޔަކު ވަނީ މަރުވެފައި
ޔުކްރެއިންގެ އުތުރު އިރުމަތީ ސަރަޙައްދުގައިވާ ސޫމީ ސިޓީގެ ހޮސްޕިޓަލަކަށް ރަޝިއާއިން ދިން ހަމަލާއެއްގައި 10 މީހުން މަރުވެ، މަދުވެގެން 22 މީހުން ޒަޚަމްވެއްޖެކަމަށް ޔުކްރެއިންގެ އޮފިޝަލުން ބުނެފިއެވެ.
އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މޮނިޓަރިންގ މިޝަންގެ ވެރިޔާ ޑެނިއެލް ބެލް ވިދާޅުވިގޮތުގައި ސެއިންޓް ޕެންޓަލެއިމޮން ކްލިނިކަލް ހޮސްޕިޓަލަށް 45 މިނެޓުގެ ތެރޭގައި ދެ ހަމަލާ ދީފައިވެއެވެ. މި ހަމަލާތަކުގައި "ލޮއިޓަރިންގ މިއުނިޝަންސް" ނުވަތަ "ސުއިސައިޑް ޑްރޯން" ތައް ބޭނުންކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ސޫމީ ސަރަހައްދުގެ އިދާރާއިން ބުނެފައިވާ ގޮތުގައި މި ހަމަލާގައި ޒަޚަމްވި 22 މީހުންގެ ތެރެއިން 15 މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ފަސް މީހުންގެ ހާލަތު ވަރަށް ސީރިއަސްކަމަށް ބުނެފައިވެއެވެ.
ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެފައިވަނީ ރަޝިއާއިން ހަނގުރާމަ ކުރަނީ ހޮސްޕިޓަލްތަކާއި، މަދަނީ ތަންތަނާއި، މީހުންގެ ފުރާނައާ ދެކޮޅަށް ކަމަށެވެ.
ސޫމީ ސިޓީއަކީ ރަޝިއާގެ ބޯޑަރާ އެންމެ 32 ކިލޯމީޓަރު ދުރުގައިވާ ސިޓީއެކެވެ. ރަޝިއާއިން ދަނީ 2022 ގެ ފެބްރުއަރީ މަހުން ފެށިގެން މި ސަރަހައްދާއި ސިޓީއަށް ޑްރޯންތަކާއި ގައިޑެޑް ބޮންތަކުން ހަމަލާދެމުންނެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް