ހިޒްބުاللهގެ ވެރިޔާ ނަސްރުاللهގެ މަގާމަށް ހާޝިމް ސަފިއެއްދީން

ހާޝިމް ސަފިއެއްދީން، ހިޒުބުﷲގެ އެންމެ ފާހަގަކޮށްލެވޭ އެއް ޝަޚްޞިއްޔަތު

ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިސްރާއީލުން ދިން ހަމަލާތަކަށް ފަހު ހިޒްބުاللهގެ ލީޑަރު ޙަސަން ނަޞްރުالله އަވަހާރަކޮށްލުމާއި ގުޅިގެން،  އެމަގާމަށް ނަސްރުﷲގެ ތިމާގެ ބޭފުޅެއްކަމަށްވާ ހާޝިމް ސަފިއެއްދީން ވަޑައިގެންފާނެކަމަށް ބެލެވެންފަށައިފިއެވެ.

ހާޝިމް ސަފިއެއްދީނަކީ، ހިޒްބުﷲގެ އެންމެ ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި އީރާނުގެ ޝިޔާ މުސްލިމުންނާ ވަރަށް ގާތް ދީނީ އަދި އާއިލީ ގުޅުން ވެސް އޮތް ބޭފުޅެކެވެ.

ސަފިއެއްދީންގެ ސިފަތަކަކީ، އޭނާގެ މަންމަ ފަރާތު ތިމާގެ ބޭބެއެއް ކަމަށްވާ، ނަސްރުﷲއާ ވަރަށް އެއްގޮތް ސިފަތަކެކެވެ. ނަމަވެސް އޭނާއަކީ ނަސްރުﷲއަށްވުރެ އެތައް އަހަރެއް ޅަ، 50 ގެ ފަހުކޮޅު ނުވަތަ 60 ގެ ކުރީކޮޅުގެ އުމުރުފުރައިގެ ބޭފުޅެކެވެ.

ހިޒްބުﷲއާ ގާތް ގުޅުމެއް އޮތް، ނަން ހާމަނުކުރުމަށް އެދި ވާހަކަދެއްކި މަޞްދަރެއް ބުނިގޮތުގައި، ސަފިއެއްދީނަކީ ހިޒުބުﷲގެ އެންމެ މަތީ މަޤާމަށް ވަޑައިގަތުން  "އެންމެ ގާތް" ކެންޑިޑޭޓެވެ.

ހިޒްބުاللهގެ އެންމެ ބާރުގަދަ ނިންމުންތައް ނިންމާ ޝައުރާ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ސަފީދީން ވަނީ، އެމެރިކާ އާއި ސައުދީ އަރަބިއްޔާއިން 2017 ވަނަ އަހަރު "ޓެރަރިސްޓެއް" ކަމަށް ކަނޑައެޅި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނައިފަ އެވެ.

ނަސްރުﷲގެ މަރަށްފަހު ހިޒްބުﷲގެ ޑެޕިއުޓީ ޗީފް ނައީމް ޤާސިމް އޮޓޮމެޓިކުން ހިޒްބުﷲގެ ލީޑަރޝިޕް ހަވާލުވިނަމަވެސް، އައު ސެކްރެޓަރީ ޖެނެރަލްއެއް އިންތިޚާބުކުރުމަށް ޝޫރާ ކައުންސިލް ބައްދަލުވާން ޖެހެއެވެ.

އީރާނުގެ މުޤައްދަސް ޤޮމް ސިޓީގައި ސަފިއެއްދީން، ދީނީ ތަޢުލީމު ހާސިލުކުރެއްވުމުން، އެގައުމާ އެކު ވަރަށް ގާތް ގުޅުމެއް އޮވެއެވެ.

ސަފިއެއްދީންގެ ދަރިފުޅު ކައިވެނި ބައްލަވައިގެން އުޅުއްވަނީ، 2020 ގައި އިރާޤުގައި އެމެރިކާގެ ހަމަލާއެއްގައި އަވަހާރިވި އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ބޭރުގެ އޮޕަރޭޝަންތަކުގެ ކޮމާންޑަރު ޖެނެރަލް ޤާސިމް ސުލައިމާނީގެ ދަރިފުޅާއެވެ.

ސަފިއެއްދީންގެ ލަޤަބަކީ ސައްޔިދެވެ. ނަސްރުﷲ ފަދައިން އޭނާގެ ކަޅު ފަގުޑިން ދައްކުވައިދެނީ އޭނާއަކީ ކީރިތި ރަސޫލާގެ ދަރިކޮޅުން އައިސްފައިވާ ބޭފުޅެއްކަމެވެ.

އެތައް އަހަރެއް ވަންދެން  މީހުންގެ ލޯތަކަށް ފޮރުވިގެން އުޅުނު ނަސްރުاللهއާ ހިލާފަށް ސަފިއެއްދީން ވަނީ ދާދި ފަހުން ބޭއްވި ސިޔާސީ އަދި ދީނީ ހަރަކާތްތަކުގައި ފާޅުގައި ފެނިގެން ގޮސްފަ އެވެ.

ކާޑިފް ޔުނިވާސިޓީގައި، ހިޒްބުاللهއާ ބެހޭ ގޮތުން ދިރާސާ ކުރައްވާ ލުބުނާނުގެ ރިސާޗަރެއް ކަމަށްވާ އަމާލް ސާދު ވިދާޅުވި ގޮތުގައި، ސަފިއެއްދީނަކީ ނަސްރުاللهއަށް "އެންމެ ބޮޑަށް ތާއީދު ކުރާ މީހާ" ކަމަށް އެތައް އަހަރެއް ވަންދެން މީހުން ބުނަމުން ގޮސްފައިވެއެވެ.

ހިޒްބުالله އަކީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިސްނެންގެވުމެއްގެ ދަށުން އުފެއްދި ޖަމާއަތެކެވެ.  2000 ވަނަ އަހަރާ ހަމައަށް ލުބްނާނުގެ ދެކުނުގައި އިސްރާއީލު ހިފާފައިވާ ބިންތަކުގައި ވަޒަންވެރިވެގެން ތިބި ސިފައިންނާ ހަނގުރާމަކޮށް އެ ބިންތައް އަލުންވަނީ ހޯދާފައެވެ.

މިދިޔަ ޖުލައި މަހު ބެއިރޫތުގެ ދެކުނުގެ އަވަށެއްގައި ދެއްވި ތަގުރީރެއްގައި ސަފިއެއްދީން ވަނީ ހިޒްބުاللهގެ ލީޑަޝިޕް ތަރުތީބު ވަމުން އަންނަންވީ ގޮތުގެ މައްޗަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ހިޒްބުﷲ އިން ވަނީ ނަސްރުﷲ އަވަހާރަކޮށްލި ނަމަވެސް ފަލަސްތީނުގެ ހައްގުގައި އެ ޖަމާއަތުން ކުރަމުންދާ މަސައްކަތަށް އެއްވެސް ބުރުލެއް ނާންނާނެ ކަމަށް ބުނެފައެވެ.

ނަސްރުﷲ އަވަހާރަކޮށްލިއިރު، ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔާ ވެސް އީރާނުގައި ހުންނަވަނިކޮށް ދިން ބޮމުގެ ހަމަލާއެއްގައި މިދިޔަ ޖުލައި މަހު ވަނީ އަވަހާރަކޮށްލައިފަ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

50 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy