މަސްވެރިންނަށް އަމާޒުކޮށް 100 ދޯންޏަކަށް ލޯނު ދޫކުރަން ނިންމައިފި

މިނިސްޓަރ އަޙްމަދު ޝިޔާމް

މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ލޮނުފެން ބޭނުންކޮށްގެން މަސްފިނިކުރާ ނިޒާމު (އާރު.އެސް.ޑަބްލިޔު ސިސްޓަމް) ޤާއިމުކުރުމަށް 100 ދޯންޏަކަށް ލޯނުދޫކުރަން ނިންމައިފިއެވެ.

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި ލޯނު ސްކީމްގެ ދަށުން އާރު.އެސް.ޑަބްލިޔު ސިސްޓަމާއި ޖަނަރޭޓަރު އަދި ސޯލަރ ގަތުމަށް ހޭދަވާ އަގުގެ 35 އިންސައްތަ އޮޑިވެރިން އަނބުރާ ދައްކާކަށް ނުޖެހޭނެއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި، މި ލޯނު ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. އަދި 6 މަސްދުވަހުގެ ގްރޭސް މުއްދަތެއްވެސް ލިބޭނެއެވެ. މި ލޯނު ސްކީމަކީ އިސްލާމީ ޝަރީޢާގެ ހަމަތަކުގެ މަތިން ތަކެތި ގަތް އަގާއި، އަގަށް ފައިދާގެ ގޮތުގައި ލެވޭ މިންވަރު ކަނޑައަޅައިގެން ކުރިޔަށް ގެންދެވޭ ސްކީމެކެވެ.

މި ލޯނު ސްކީމާ ގުޅޭ މަޢުލޫމާތު ގއ. ގެމަނަފުށީގެ އޮޑިވެރިންނާއި މަސްވެރިންނަށާއި ކައުންސިލު މުވައްޒަފުންނަށް ފޯރުކޮށްދީފައިވާ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ލޯނު ސްކީމަކީ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، މަސްވެރިންގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅޭ އެއް ފިޔަވަޅެވެ. މި ސްކީމްގެ ސަބަބުން މަސްވެރިންނަށް ފަސޭހަކަމާއެކު މަސް ފިނިކޮށް ބެހެއްޓުމުގެ ފުރުސަތު ލިބި، އެމީހުންގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް އުއްމީދުކުރެވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

46 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy