އިންޑިއާގެ ހިންދޫ އަޅުކަމުގެ ފެސްޓިވަލެއްގައި 37 ކުޑަކުދިން ހިމެނޭހެން 46 މީހުން މަރުވެއްޖެ

އިންޑިއާގައި މިފަދަ އަޅުކަންތަކުގައި ގިނަބަޔަކު މަރުވަމުންދޭ

އިންޑިއާގެ ބިހާރު ސްޓޭޓްގައި ބޭއްވުނު ތިން ދުވަހުގެ ހިންދޫ ފެސްޓިވަލެއްގައި ހިނގި ހާދިސާތަކެއްގައި މަދުވެގެން 46 މީހުން މަރުވެއްޖެއެވެ.

މަރުވި މީހުންގެ ތެރޭގައި 37 ކުޑަކުދިން ހިމެނޭ ކަމަށް ބިހާރުގެ ޑިޒާސްޓަރ މެނޭޖްމަންޓް ޑިޕާޓްމަންޓުން ހާމަކޮށްފިއެވެ.

މި ހާދިސާތައް ހިނގާފައިވަނީ ސްޓޭޓްގެ 15 ޑިސްޓްރިކްޓެއްގައެވެ. މިހާތަނަށް 43 ހަށިގަނޑު ފެނިފައިވާއިރު، އަދިވެސް ނުފެނި ވާ 3 މީހުން މަރުވެފައިވާ ކަމަށް ބެލެވެއެވެ. ބުރާސްފަތި ދުވަހު ނިމުނު މި ފެސްޓިވަލްގައި މައިންނާއި ދަރިން ކޯރުތަކާއި ފެންގަނޑުތަކަށް އެރި ސާފުވުމުގެ ރަސްމިއްޔާތުތައް ބާއްވައެވެ. އަދި މައިން 24 ގަޑިއިރު ރޯދަ ހިފައި، ދަރިންގެ ދުޅަހެޔޮކަމަށް އެދި ދުޢާ ކުރެއެވެ.

ފާއިތުވި ދުވަސްތަކުގައި ވަރަށް ބޮޑަށް މޫސުން ގޯސްވެ، ވާރޭ ވެހުމުގެ ސަބަބުން ސްޓޭޓްގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ. މި ހާދިސާގައި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 400,000 ރުޕީސް (4,784 ޑޮލަރު) ގެ ބަދަލެއް ދިނުމަށް ސްޓޭޓް ސަރުކާރުން ނިންމާފައިވެއެވެ.

މިފަދަ ދީނީ ފެސްޓިވަލްތަކުގައި ހިނދުމާއި ތޮއްޖެހުމުގެ ސަބަބުން މަރުވުން ފަދަ ހާދިސާތައް ހިނގުމަކީ އިންޑިއާގައި އާންމު ކަމެކެވެ. މިގޮތުން ޖުލައި މަހު އުތުރު އިންޑިއާގައި ބޭއްވުނު ދީނީ ފެސްޓިވަލެއްގައި ހިނގި ތޮއްޖެހުމެއްގައި މަދުވެގެން 121 މީހުން މަރުވެފައިވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

26 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy