ރާއްޖޭގެ އަމިއްލަ އުފެއްދުމެއް
އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ މަސައްކަތް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ފަށައިފައެވެ.
މި ދަފްތަރަކީ ރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މަރުކަޒީކޮށް ރަޖިސްޓަރީ ކުރުމުގެ ނިޒާމުގެ ބައެކެވެ.
ބީސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ދަފްތަރުގެ މަޤްޞަދަކީ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި އެފަރާތްތަކުގެ މަސައްކަތުގެ ދާއިރާތައް ދެނެގަނެ، އެފަރާތްތަކަށް ވިޔަފާރީގެ ފަހި މާޙައުލެއް ޤާއިމުކޮށްދިނުމެވެ. އަދި މި ދަފްތަރުގެ ސަބަބުން އެފަދަ ވިޔަފާރިތައް ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެއެވެ.
ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓަރީވުމަށް ޚާއްޞަ އޮންލައިން ޕޯޓަލެއް ތަޢާރަފުކޮށްފައިވާއިރު، މި ޕޯޓަލްގެ ލިންކު ބީސީސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި ރަޖިސްޓަރީވުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ބީސީސީގެ މައި އޮފީހުންނާއި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
ބީސީސީން ބާރުއަޅުއްވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަމިއްލަ މަސައްކަތްކުރާ އެންމެހާ ފަރާތްތަކުން މި ދަފްތަރުގައި ރަޖިސްޓަރީވުމަށެވެ. އެ ފަރާތުން ބުނާ ގޮތުގައި މި ދަފްތަރުގައި ރަޖިސްޓަރީވުމަކީ ވިޔަފާރީގައި ކުރިއަށް ދިއުމަށް ބޭނުންވާ ގިނަ ކަންކަމުގައި ލުއިފަސޭހަ ލިބިގެންދާނެ ކަމެކެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް