އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަން
އިމިގްރޭޝަނުން ހުޅުމާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 16 ބިދޭސީން އަތުލައިގަނެފިއެވެ.
މި އޮޕަރޭޝަން ހިންގީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުރި ހަ ކެފޭއެއްގައެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މިދިޔަ ދެ ދުވަހުގެ ތެރޭގައެވެ. އަދި މީގެ އިތުރުން، ބޭނުންވާ ހުއްދަތައް ނުނަގައި ހިންގަމުންދިޔަ ތިން ކެފޭއަކަށް ކަމާ ގުޅުންހުރި ފަރާތްތަކުން ނޯޓިސް ދީފައިވާކަމަށްވެސް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އިމިގްރޭޝަނުން ކަމާބެހޭ އިދާރާތަކާ ގުޅިގެން ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދެއެވެ. މި އޮޕަރޭޝަންތަކުގައި އަތުލައިގަނެވޭ އެއްވެސް ބިދޭސީއަކަށް ދެވަނަ ފުރުސަތެއް ނުދޭނެކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި ގަވާއިދާ ޚިލާފުވެގެން 4,054 ބިދޭސީން ވަނީ ޤައުމުން ބޭރަށް ފޮނުވާލާފައެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް