ކުޑަކުދިންގެ މެދުގައި އާރުއެސްވީ ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް އެދިއްޖެ

އާރުއެސްވީ ވައިރަސް

ނޭވާލާ ނިޒާމަށް އަސަރުކުރާ ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް (އާރުއެސްވީ) ރާއްޖޭގައި ހަލުއިކަމާއެކު ފެތުރެމުންދާތީވެ އެމަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.  

މި ބަލި އެންމެ އާންމުކޮށް ފެތުރެމުންދަނީ ކުޑަކުދިންގެ މެދުގައި ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ކުޑަކުދިންގެ މެދުގައި އާރުއެސްވީގެ ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެން، މިހާރު ވަނީ މި ހާލަތު ގާތުން މޮނިޓަރ ކުރަން ފަށާފައެވެ. އަދި ބަލި އިތުރަށް ނުފެތުރޭނެ ގޮތަކަށް، މި ދުވަސްވަރު އާންމުން ސަމާލުވެ އުޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

"މިވަގުތު އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވޭ ކުޑަކުދިންގެ މެދުގައި އާރުއެސްވީ ފެތުރެމުންދާ ސްޕީޑާ މެދު. ޚާއްޞަކޮށް ދެ އަހަރުން ދަށުގެ ކުދިންނަށް މި ބަލީގެ ނުރައްކާ ވަރަށް ބޮޑު" އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް ޑރ. ފަތުމަތު ނަދާ ވިދާޅުވިއެވެ.

މި ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ ރަނގަޅަށް އަތްދޮވުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި، މާސްކް އެޅުން ފަދަ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިރުޝާދު ދީފައެވެ. އަދި ހުން އައުމާއި ކެއްސުމާއި ނޭވާލުމަށް އުނދަގޫވާނަމަ، ވީ އެންމެ އަވަހަކަށް ޑޮކްޓަރުގެ ފަރުވާ ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކުޑަކުދިންގެ ޑޮކްޓަރު އަބްދުﷲ ނިޔާފް ވިދާޅުވި ގޮތުގައި، އާރުއެސްވީ ޖެހޭ ތުއްތު ކުދިންނަށް އާންމުކޮށް ހަފުތާއެއް ނުވަތަ 10 ދުވަހަށް ބަލި ދިގުލައިގެންދެއެވެ. އަދި ބޮޑަށް ބަލިވާ ކުދިންނަށް އެއަށްވުރެ ގިނަ ދުވަހަށް ބަލި ދިގުލައިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާލަތާ ގުޅިގެން، އެޗްޕީއޭއިން ވަނީ ސްކޫލުތަކާއި ޕްރީސްކޫލުތަކަށް ޚާއްޞަ އިރުޝާދުތަކެއް ދީފައެވެ. އަދި ބަލި ފެތުރުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހުރިހާ ފަރާތްތަކަށް ގޮވާލާފައިވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

38 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy