ރޮޑްރީ އަކީ ކޯޗް އެންމެ އިތުބާރުކުރާ ކުޅުންތެރިޔާ
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީގެ ސްޕެއިން މިޑްފީލްޑަރު ރޮޑްރީގެ ކަކުލަށް ލިބުނު އަނިޔާއަކީ ސީރިއަސް އަނިޔާއެއް ކަމަށާއި، މި ސީޒަނުގައި އޭނާއަށް ދެން ނުކުޅެވުމުގެ ފުރުސަތު އޮތް ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.
ސިޓީން އެންމެފަހުން އާސެނަލް އާއި 2-2 އިން އެއްވަރުވިއިރު، މި ސީޒަނުގައި އެންމެ 66 މިނިޓް އަދި ކުޅެފައިވާ ރޮޑްރީ، އާސެނަލް މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން މެޗު ފެށިތާ އިރުކޮޅެއްގެ ތެރޭގައި ކަކުލަށް އަނިޔާވިއެވެ. އޭނާއަށް މެޗު ކުރިއަށް ނުގެންދެވިގެން، ވަނީ ބަދަލުކޮށްފައެވެ.
ރޮޑްރީގެ ކަކުލަށް ލިބުނު އަނިޔާގެ ފުރަތަމަ ޓެސްޓްތަކުން ލިބުނު ނަތީޖާއަށް ބަލާއިރު، އޭނާގެ ކަކުލުގެ ލިގަމެންޓަށް ސީރިއަސް އަނިޔާއެއްވެފައިވާ ކަމަށް ސްޕެއިނާއި އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސިޓީން ހުރިހާ ކަމެއް ޔަގީންކުރަން، އިތުރު ޓެސްޓްތަކެއް ހަދަން ރޮޑްރީ ސްޕެއިނަށް ފޮނުވައި، އެ ފަދަ އަނިޔާތަކުގެ ސްޕެޝަލިސްޓަކަށް ދައްކާނެއެވެ.
28 އަހަރުގެ ރޮޑްރީއަކީ މިދިޔަ އަހަރުތަކުގައި އަނިޔާގެ ސަބަބުން މެޗުތަކެއް ގެއްލިފައިނުވާ ކުޅުންތެރިއެކެވެ. އެހެންކަމުން، އޭނާއަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެންމެ ބޮޑަށް އިތުބާރުކުރާ އަދި ބަރޯސާވާ ކުޅުންތެރިޔާއެވެ. މި ފަހަރުގެ ޔޫރޯ ސްޕެއިނުން ކާމިޔާބުކުރިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާ، ރޮޑްރީއަކީ، މި ފަހަރުގެ ބެލޮންޑިއޯ އެވޯޑަށް ވެސް ވާދަކުރާ ކުޅުންތެރިއެކެވެ.
ރޮޑްރީގެ މި އަނިޔާއާއި އެކު ސިޓީއަށް މިވަނީ ސީޒަންގެ ވަރަށް ކުރީކޮޅު ޓީމުގެ މުޙިއްމު ދެކޫލުންތެރިޔަކު ގެއްލިފައެވެ. މެންޗެސްޓާ ސިޓީގެ ކެޕްޓަން، ކެވިން ޑި ބްރޭނާ ވެސް މި ވަގުތު ހުރީ އަނިޔާގައެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް