އދ. އިން ފަލަސްތީނަށް ތާއީދުކޮށް ފާސްކުރި ގަރާރުން އިސްރާއީލާއި އެމެރިކާ ހައިރާން ލިބިއްޖެ

އެމެރިކާއިން އަބަދުވެސް އިސްރާއިލް ދިފާޢުކުރޭ

އދ. ގެ އާންމު ޖަމްއިއްޔާއިން އިއްޔެ (19 ސެޕްޓެމްބަރު 2024) ފާސްކުރި ގަރާރެއްގައި، އިސްރާއީލުން 1967 ވަނަ އަހަރު ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ބިންތަކުން އެއްވެސް ޝަރުތެއްނެތި 12 މަސްތެރޭގައި ފޭބުމަށް ގޮވާލައިފިއެވެ.

މި ގަރާރަށް އދ. ގެ މެންބަރު 193 ގައުމުގެ ތެރެއިން 124 ގައުމަކުން ތާއީދުކޮށްފައިވާއިރު، 14 ގައުމަކުން ވަނީ ދެކޮޅަށް ވޯޓުދީފައެވެ. ގަރާރާ ދެކޮޅަށް ވޯޓުދިން ގައުމުތަކުގެ ތެރޭގައި އިސްރާއީލާއި އެމެރިކާ އަދި ޔޫރަޕްގެ އިސްތިއުމާރީ ބާރުތައް ހިމެނެއެވެ.

މި ގަރާރަކީ ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުގެ އިސްތިޝާރީ ރައުޔެއްގެ މައްޗަށް ބިނާކޮށް ފާސްކުރެވުނު ގަރާރަކަށްވުމާއެކު، ގާނޫނީ ގޮތުން ވަރަށް ބާރުގަދަ އެއްޗެކެވެ. މިއަށް އަމަލުނުކޮށްފިނަމަ އަދި އަމަލު ނުކުރާ ފަރާތަށް އެހީތެރިވާ ގައުމުތައްވެސް ގާނޫނީ ގޮތުން ކުށްވެރިވާނެއެވެ.

އަރަބި އިސްލާމީ ގައުމުތަކުން ވަނީ މި ގަރާރަށް މަރުހަބާ ކިޔައި، މިއީ ތާރީޚީ ގަރާރެއްކަމަށް ސިފަކޮށްފައެވެ. ސަބަބަކީ ކުރީގެ ގަރާރުތަކާ ޚިލާފަށް، މި ގަރާރުގައި އިސްރާއީލަށް ގޮވާލަނީ އެއްވެސް ޝަރުތަކާ ނުލައި 12 މަސް ދުވަހުގެ ތެރޭގައި މި ބިންތަކުން ފޭބުމަށެވެ.

އިސްރާއީލާއި އެމެރިކާ ވަނީ މި ގަރާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ނުރުހުން ފާޅުކޮށްފައެވެ. ނަމަވެސް ތަޖުރިބާކާރުން ދެކޭގޮތުގައި މިއީ ބައިނަލްއަގްވާމީ ބައްދަލުވުންތަކާއި، ބައިނަލްއަގްވާމީ ގާނޫނީ ދާއިރާގައި އިސްރާއީލަށް ވާގިވެރިވާ ގައުމުތަކަށް ބޮޑު ގޮންޖެހުމަކަށް ވެގެންދާނެ ކަމެކެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

39 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy