ސެލޫން އަދި ސްޕާތައް ބަލާ ފާސްކުރުމުގެ ތެރެއިން
މާލެ ސަރަހައްދުގައި ހިންގަމުން އަންނަ ސެލޫން އަދި ސްޕާތަކަށް ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް އިމިގްރޭޝަނުން އިއްޔެ ހިންގައި، ގަވާއިދާ ޚިލާފަށް ވަޒީފާ އަދާކުރަމުންދިޔަ ބިދޭސީންތަކެއް ވަނީ ހިފަހައްޓާފައެވެ.
އިމިގްރޭޝަނުން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، އިއްޔެ ހިންގި މި އޮޕަރޭޝަންގައި 22 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި މި އޮޕަރޭޝަންގައި ބިދޭސީ ހަތް އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން، ގަވާއިދާ ޚިލާފަށް ބިދޭސީންނަށް ވަޒީފާދީގެން ގެންގުޅުނު ފަރާތްތަކުގެ ތެރެއިން ހަތް ފަރާތަކަށް ވަނީ ނޯޓިސް ދީފައިވާ ކަމަށްވެސް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި އިންސްޕެކްޝަންގައި ފުލުހުންގެ އިންޓެލިޖެންސް ޓީމަކުންވެސް ބައިވެރިވެފައިވާ ކަމަށެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ މާލެ ސަރަހައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކުގައި މަސައްކަތްކުރަމުންދާ ބިދޭސީންނަކީ އިމިގްރޭޝަންގެ ގާނޫނާ އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންތޯ ބެލުމަށެވެ.
މީގެ ކުރިން ހޯމްލޭންޑް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މާލެ ސަރަހައްދުގައި 111 މަސާޖު ޕާލާއެއް ހިންގާ ކަމަށާއި، އެ ތަންތަނުގައި ހަށިވިއްކުމުގެ ކަންކަން ހިނގަމުންދާކަންވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ހޯދައި، އެފަދަ ޙަރަކާތްތައް ހުއްޓުވުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ބެލެވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް