މޯޕާއިން ވެމްކޯއަށް ޕްލާސްޓިކް މެނޭޖުކުރާ ވަސީލަތްތަކެއް ހަދިޔާކޮށްފި

ޕްލާސްޓިކް ރިސައިކަލް ކުރުމަށް އެހީވުމަށް މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސްއިން، ވެމްކޯއަށް 4 އުޅަނދާ ބެއިލަރ މެޝިން ހަދިޔާކޮށްފިއެވެ.

މި ތަކެތި މޯޕާރގެ ފަރާތުން ހަދިޔާކޮށްދެއްވީ ޖަމްޢިއްޔާގެ ރައީސް އަޙުމަދު މައުމޫންއެވެ. އަދި ވެމްކޯގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގަތީ އެ ކޯރޕަަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލެވެ.

މޯޕާއިން ހަދިޔާކޮށްފައިވަނީ ކުނި ކަލެކްޓްކުރާ ބޮޑު 4 ޕިކަޕާއި، ޕްލާސްޓިކް ފުޅި ކޮމްޕެކްޓްކުރަން ބޭނުންކުރާ 4 ބެއިލަރު މެޝިނެވެ. އަދި ޕްލާސްޓިކް ފުޅި ގޭގެއިން އެއްކުރުމަށް ފަސޭހަކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ ނެޓް ބޭގް ނުވަތަ ގޯނި ހަދިޔާކޮށްފައިއެވެ.

ވެމްކޮގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލް ވަނީ ވެމްކޯގެ ވަސީލަތްތައް އިތުރުކުރުމަށް މޯޕާއިން ދެމުންދާ އެހީތެރިކަން ފަހަގަކޮށްފައެވެ. މުޖުތަބާ ވިދާޅުވީ ރައްކާތެރި ގޮތުގައި ޕްލާސްޓިކް މެނޭޖުކުރުމަކީ ވެމްކޯއަށް ދަތިތައް ހުރި މަސައްކަތެއްކަމަށެވެ.

މާލެއިން އުކާލާ ގިނަ އަދަދެއްގެ ޕްލާސްޓިކް މޯޕާއިން މެނޭޖުކުރަމުންދާއިރު، މި ހަދިޔާކުރި ތަކެއްޗާއެކު އަތޮޅުތަކުގެ ބޮޑު އާބާދީއަކުން އުކާލާ ޕްލާސްޓިކުވެސް ރައްކާތެރިގޮތުގައި ރީސައިކަލްކުރުމުގެ ފުރުޞަތު ލިބިގެންދާނެކަން މުޖުތަބާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަތޮޅުތަކުގައި ވެމްކޯގެ ފެސިލިޓީތަކުގައިވެސް ޕްލާސްޓިކް މެނޭޖުކުރެވޭ ކުދި ފެސިލިޓީތަކެއް ހެދުމުގެ މަސައްކަތްވެސް ވެމްކޯއިން ކުރަމުންދާކަމަށް މުޖުތަބާ ވިދާޅުވިއެވެ.

"މި 4 ޓަރަކް ބޭނުންކުރަން ގަސްތުކުރަނީ އައްޑޫ ހިތަދޫ، ފުވައްމުލައްސިޓީ އަދި ލ.އަތޮޅުގައި ޚިދުމަތް ފަށާއިރު ފުނަދުއާއި ގަމުގަ ބޭނުންކުރާނެ." ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލް ވިދާޅުވިއެވެ.

މޯޕާގެ ރައީސް އަޙުމަދު މައުމޫން ވިދާޅުވީ ބޭނުންވަނީ ރާއްޖޭގެ ވީހާވެސް ބޮޑު އާބާދިއަކަށް ޕްލާސްޓިކް މެނޭޖުކުރުމުގައި އެހީވެދިނުމަށްކަމަށެވެ.

މައުމޫން ވިދާޅުވީ، އަލަށް ހަދިޔާކުރި ތަކެއްޗާއެކު، މާލެ ހިމެނޭގޮތަށް ރާއްޖޭގެ އާބާދީގެ %65 އިން މޯޕާއިން މިހާރު ޕްލާސްޓިކް ފުޅި ކަލެކްޓްކުރާކަމަށެވެ. އަތޮޅުތަކުގެ 35000 މީހުންގެ އާބާދިއަށް މޯޕާގެ ޚިދުމަތް މިހާރު މިވަނީ ފުޅާކޮށްފައެވެ.

"މޯޕާއަށް މިވީ 4 އަހަރު 239 ޓަނުގެ ޕްލާސްޓިކް ކަލެކްޓްކޮށްފިން. އެއީ 500 އެމްއެލްގެ 12 މިލިއަން ފުޅި. މާލޭގެ 350 ކެފޭ/ރެސްޓޯރަންޓްއިން މިހާރުވެސް ޕްލާސްޓިކް ކަލެކްޓްކުރަން." މޯޕާގެ ރައީސް އަޙުމަދު މައުމޫން ވިދާޅުވިއެވެ.

މޯޕާއިން ވަނީ މިއަހަރުގެ ކުރީކޮޅުވެސް ވެމްކޯއަށް ޕްލާސްޓިކް މެނޭޖުކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފައެވެ. މި ޕްރޮގެރާމްތައް ހިންގަނީ މޯޕާއާއި އެހެނިހެން އެހީދޭ ފަރާތްތައް ގުޅިގެންނެވެ. މިހާރު ފަށާފައިވާ މަސައްކަތްތަކާއެކު އަހަރަކު 20 މިލިއަން ފުޅި ކަލެކްޓްކުރެވޭނެކަމަށް މޯޕާއިން ލަފާކުރެއެވެ.

ކޮމެންޓް

team

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި

29 މިނިޓު ކުރިން
team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

59 މިނިޓު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

8 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

11 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

12 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

14 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

1 ދުވަސް ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy