ރޭ ކުޅެވުނު މެޗުގެ ތެރެއިން
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މެންޗެސްޓަރ ސިޓީ އަށް ފަސް އަހަރު ތެރޭ ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ޕޮއިންޓު ގެއްލިއްޖެ އެވެ.
އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ސިޓީއަށް ޕޮއިންޓު ގެއްލިފައި ވަނީ އިންޓަ މިލާނާ އާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވުމުގެ ސަބަބުންނެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި އިންޓަ އަތުން 1-0 އިން މޮޅުވެ ޗެމްޕިއަންކަން ހޯދި ސިޓީން މި މެޗުގައި 22 ޝޮޓް ފޮނުވާލި ނަމަވެސް ގޯލެއް ޖެހޭގޮތެއް ނުވި އެވެ. އާލިން ހާލަންޑް، ފިލް ފޯޑެން އަދި އިލްކާއި ގުންޑޮގާން އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އިންޓަގެ ގޯލްކީޕަރު ޔަން ސޮމާ ވަނީ ފޫހަރުކޮށްފަ އެވެ.
މިއީ މިދިޔަ ދެ އަހަރާއި ބައި ތެރޭ، ސިޓީން އަމިއްލަ ދަނޑުގައި ކުޅުނު މެޗެއްގައި ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ. އަދި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި 40 މެޗަށް ފަހު ސިޓީން މި ވަނީ އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހި މެޗެއް ނިންމާލަން ޖެހިފަ އެވެ.
މި މެޗާއެކު، ސިޓީީ އަށް ވަނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން އެެއް ޕޮއިންޓު ލިބިފަ އެވެ. އަދި އިންޓަ އަށް ވެސް ވަނީ އެއް ޕޮއިންޓު ލިބިފަ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް