ކުންފުނީގެ ގާނޫނަށް ގެނެވުނު އިސްލާހު ތަސްދީގުކުރައްވައިފި

ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަން ކުރުމަށް މިހާރު އޮންނަ މުއްދަތު ކުރުކުރަން ކުންފުނީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި ފޭދޫ ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހެކެވެ.

މި އިސްލާހުގެ މައިގަނޑު މަޤްސަދަކީ ކުންފުނިތަކުގެ އާންމު ޖަލްސާތައް ބޭއްވުމަށް ނޯޓިސް ދޭން ޖެހޭ މުއްދަތު ކުރުކުރުމާއި، ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަން ކުރުމަށް މިހާރު އޮންނަ މުއްދަތު ކުރުކުރުމެވެ. މި އިސްލާހުގެ ދަށުން، ހިއްސާދާރުންގެ ހާއްސަ އާންމު ޖަލްސާއަކަށް އެދި ހުށަހަޅުމަށްފަހު ތިން ދުވަހުގެ ތެރޭގައި ނޯޓިސް ފޮނުވަން ޖެހޭނެއެވެ. އަދި ޖަލްސާ ބާއްވަން އެދި ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ޖެހޭނެއެވެ.

އަމިއްލަ ކުންފުނިތަކާއި ޕަބްލިކް ކުންފުނިތަކުން ހާއްސަ އާންމު ޖަލްސާ ބާއްވަން ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 7 ދުވަސް ކުރިން ނޯޓިސް ފޮނުވަން ޖެހޭނެއެވެ. މީގެ އިތުރުން، ޕަބްލިކް އަދި އަމިއްލަ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންގެ މަގާމު ހުސްވެއްޖެނަމަ، ރަޖިސްޓްރާ އޮފް ކޮމްޕެނީސްއިން އަންގާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އައު ޑިރެކްޓަރަކު އައްޔަންކުރަން ޖެހޭނެއެވެ.

މި އިސްލާހަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ. މި ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ ހިންގުން އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

40 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy