ހަތަރު ތަނެއް ބަލައި ފާސްކޮށް ހަތް ބިދޭސީން އަތުލައިގެންފި

ހަތް ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފި

އިމިގްރޭޝަން މޯލްޑިވްސްއިން މި މަހުގެ 16 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މާލޭގެ 4 ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 7 ބިދޭސީން ވަނީ އަތުލައިގަނެފައެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދިންގޮތުގައި މި އޮޕަރޭޝަނުގައި ބަލައި ފާސްކުރި ތަންތަނުގެ ތެރޭގައި ދެ ގެއަކާއި ދެ ހޮޓަލެއް ހިމެނެއެވެ. މި ތަންތަނުން ފެނުނު 7 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިމިގްރޭޝަނުން އިތުރަށް ހާމަކުރިގޮތުގައި މި އޮޕަރޭޝަނަކީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކުރުމަށް ޓާސްކު ފޯހުން ހިންގަމުންދާ އޮޕަރޭޝަނުގެ ބައެކެވެ.

މި އޮޕަރޭޝަނުގެ މައިގަނޑު މަޤްޞަދަކީ ގަވާއިދާ ޚިލާފަށް ބިދޭސީން ދިރިއުޅޭ ތަންތަނާއި، މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ހޯދައި، އެފަދަ ޙަރަކާތްތައް ހުއްޓުވުމެވެ. މިފަދަ އޮޕަރޭޝަންތަކުން ޤާނޫނާ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް މަގުފަހިވާނެކަމަށް އިމިގްރޭޝަނުން އުންމީދުކުރެއެވެ.

އިމިގްރޭޝަނުން އާންމުންނަށް ގޮވާލާފައިވަނީ ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ ފަރާތްތަކާއި، އެފަދަ ބިދޭސީންނަށް ހިޔާވަހިކަން ދޭ ފަރާތްތަކުގެ މަޢުލޫމާތު އެ މުއައްސަސާއަށް ހިއްސާކުރުމަށެވެ. މިކަމަކީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިންމު ކަމެއްކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

29 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy