ޗައިނާގެ ވެރިކަން ކުރާ ޕާޓީގެ ދައުވަތަކަށް ޕީއެންސީގެ މަތީ ފަންތީގެ ޓީމެއް ޗައިނާއަށް

ޗައިނާއަށް ޒިޔާރަތްކުރާ ޕީއެންސީގެ ޓީމް

ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ)ގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ ދަޢުވަތަކަށް ކުރާ ދަތުރެއްގައި ރާއްޖޭގެ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) ޕާޓީގެ މަތީ ފަންތީގެ ޓީމެއް ޗައިނާއަށް ފުރައިފިއެވެ.

ޕީއެންސީގެ ފަރާތުން މި ދަތުރުގައި އެންމެ އިސްކޮށްކޮށް ހުންނެވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީނެވެ. މި ދަތުރުގައި ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ މިނިސްޓަރ ލިއު ޖިންޗާއޯއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޕީއެންސީގެ ޓީމުން މި ދަތުރުގައި ޗައިނާގެ 5 ސިޓީއަކަށް ޒިޔާރަތްކުރާނެ ކަމަށް އެ ޕާޓީން މަޢުލޫމާތު ދީފައިވެއެވެ. މި ސިޓީތަކަށް ކުރާ ޒިޔާރަތުގައި އެ ސިޓީތަކުގެ ސީޕީސީގެ އިސްވެރިންނާ ބައްދަލުކޮށް، ދެ ޕާޓީގެ މެދުގައި ތަޖުރިބާ ހިއްސާކުރުމުުމުގެ އިތުރުން، އެ ސިޓީތަކުގެ ތަރައްޤީއަށް ކޮށްފައިވާ މަސައްކަތްތައް ބަލައި، ޗައިނާގެ ފަރާތުން އެ މަސައްކަތްތަކުގެ ތަޖުރިބާ ޙިއްސާކުރުން ކުރިއަށްދާނެއެވެ.

ޕީއެންސީން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ދަތުރުގެ މައިގަނޑު މަޤުޞަދަކީ އިޤުތިޞާދީ ކުރިއެރުންތައް ޗައިނާއިން ހާސިލުކުރި ގޮތުގެ ތަޖުރިބާއިން ދަސްކުރެވެން ހުރި ކަންކަން ދަސްކުރުމާއި، ދެ ޕާޓީގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމެވެ.

މި ދަތުރު ނިންމާލުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

39 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy