ފަލަސްތީނު މިނިވަންކުރުމަށް ދިގު ހަނގުރާމައަކަށް ދާން ޖެހޭ: ހަމާސް ޖަމާއަތުގެ ވެރިޔާ

ހަމާސް ޖަމާއަތުގެ ވެރިޔާ ޔަހްޔާ އައްސިންވާރު

ފަލަސްތީނު މިނިވަންކުރުމަށްޓަކައި އިސްރާއީލާ ދެކޮޅަށް ފަނާކުރަނިވި ދިގުލީ ހަނގުރާމައަކަށް ދިޔުން ނޫން އެހެން ގޮތެއް ނެތް ކަމަށް ހަމާސް ޖަމާއަތުގެ ވެރިޔާ ޔަހްޔާ އައްސިންވާރު ވިދާޅުވެއްޖެއެވެ.

އަރަބި ތިން ވެރިއަކަށް ފޮނުއްވި ސިޓީފުޅެއްގައި ސިންވާރު ވިދާޅުވެފައިވަނީ، އާންމު ގޮތެއްގައި ގައުމުތަކުން އިސްތިއުމާރާ ދެކޮޅަށް ކުރާ މިނިވަންކަމުގެ ހަނގުރާމައަކީ ފަނާކުރަނިވި ދިގުލީ ހަނގުރާމައެއް ކަމަށާއި އަނިޔާވެރި އިސްތިއުމާރީ ބާރުތަކުގެ އަތްދަށުން ގިނަ ގައުމުތަކަށް މިނިވަންކަން ލިބިފައިވަނީ ދިގުލީ ހަނގުރާމައެއްކޮށްގެން ކަމުގައެވެ.

ފަލަސްތީނު މިނިވަންކުރުމަށް މުޖާހިދުން ގެންގުޅޭ މައިގަނޑު ސްޓްރެޓެޖީއަކީ ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އިސްރާއީލަށް އަމާންކަމުގައި ނޯވެވުމެވެ. މި ސްޓްރެޓެޖީގެ ސަބަބުން މުޖާހިދުންގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގައި ވަނީ އަމާންކަން އެއްކޮށް ގެއްލިފައެވެ. މިކަމުގެ ސަބަބުން އިސްރާއީލުގެ ޔަހޫދީން ވަނީ އެ މީހުން ހިޖުރަކޮށްގެން އުޅޭ ފަލަސްތީނުގެ ބިން ދޫކޮށް އެ މީހުންގެ އަމިއްލަ ގައުމުތަކަށް އެނބުރި ދާން ފަށާފައެވެ.

ސިންވާރު ވިދާޅުވެފައިވަނީ، މިކަމުގެ އަގު ކިތަންމެ ބޮޑު ނަމަވެސް އަދި އެތައް ލައްކައަކުން އާންމުން މަރުވި ނަމަވެސް އިސްރާއީލުގެ އަޅުވެތިކަމުން ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންވެވޭނީ ދިގުލީ ހަނގުރާމައެއް ކޮށްގެން ފަލަސްތީނުން ފައިބަން ޔަހޫދީންނަށް މަޖުބޫރުކޮށްގެން ކަމަށާއި އެއީ ކުރެވޭނެ ކަމެއް ކަމަށެވެ.

މުޖާހިދުންނާއި ޣައްޒާގެ ރައްޔިތުންގެ ވެސް ޝިއާރަކީ މިނިވަންކަން ހޯދުން ނޫނީ މިނިވަންކަމަށް މަސައްކަތްކޮށް ޝަހީދު ވެގެންދިޔުން ކަމަށް ބުނެއެވެ. އަދި ފަލަސްތީނު ރައްޔިތުންގެ މިނިވަންކަމުގެ ރޫހާއި އަޒުމު ގުޑުވާލުމުގައި އިސްރާއީލުން ވަނީ ނާކާމިޔާބުވެފައި ކަމަށް މުޖާހިދުން ބުނެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

35 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy