ފޭރުމުގެ ތުހުމަތުގައި 5 މީހަކަށް ދަޢުވާކުރަން ޕީޖީއަށް ފޮނުވައިފި

ދައުވާކުރަން ފޮނުވި މީހުން / ފޮޓޯ: ޕޮލިސް

އޮރިޔާންކޮށް ބިރުދައްކައިގެން ދެ މީހެއްގެ އަތުން ފޭރުނު ކަމުގެ ތުހުމަތުގައި ފަސް މީހަކަށް ދަޢުވާކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން މިއަދު ފޮނުވައިފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އާއިޝަތު (43އ، މއ. މަސްފަން)، މުހައްމަދު ރީހާން (27އ، މއ. މަސްފަން)، ޝަފީގު އިބްރާހިމް (35އ، ސ. ހިތަދޫ، ސޯމާ)، އަހުމަދު މިހާދު (44އ، ގ. އޯލްޕެރިސް) އަދި ރިމާނާ މޫސާ (39އ، ގ. ރަނައުރާގެ) ކަމަށެވެ.

މި ފަސް މީހުންގެ ތެރެއިން މިހާދު އާއި ރިމާނާ އަކީ މިދިޔަ ޖުލައި 19 ވަނަ ދުވަހު މާލޭގައި ހުންނަ ޔެލޯ ލައިޓް ސްޓޭ ކިޔާ ގެސްޓު ހައުސްއަކަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗެހިން ބިރުދައްކައި، އޮރިޔާންކޮށް، އޭނާގެ ވޮލެޓާއި އެކައުންޓުގައި ހުރި ފައިސާ ފޭރުނު ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންނެވެ.

އަނެއް ތިން މީހުންކަމަށްވާ އާއިޝަތު، ރީހާން އަދި ޝަފީގު އިބްރާހިމްއަކީ ޖުލައި 24 ވަނަ ދުވަހު މއ. މަސްފަން އަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ވަޅިން ބިރުދައްކައި، އޮރިޔާންކޮށް އަނިޔާކޮށް، އޭނާގެ މޯބައިލް ފޯނު އަތުލައި، ބޭންކު އެކައުންޓުން ފައިސާ ޓްރާންސްފަރ ކުރުވި ކަމުގެ ތުހުމަތު ކުރެވޭ ތިން މީހުންނެވެ. މީގެ އިތުރުން އެ މީހާގެ ކޭޝް ކާޑު ބޭނުންކޮށްގެން އޭޓީއެމުން ފައިސާ ނަގާފައިވާ ކަމަށްވެސް މި ތިން މީހުންގެ މައްޗަށް ތުހުމަތު ކުރެވެއެވެ.

މި މައްސަލަ ތަޙުޤީޤު ކުރުމަށްފަހު ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ބާވަތުގެ ކުށްތައް އިތުރުވަމުން ދާތީ، ފުލުހުން ވަނީ ރައްޔިތުންނަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

30 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy